އުރީދޫ މޯލްޑިވްސް އިން ބުނީ އުރީދޫ މޯލްޑިވްސްގެ ފަރާތުން މޫލީ އާޓް ކޮންޓެސްޓްގެ ނަމުގައި ފެށި މި މުބާރާތް ކުރިއަށް ދާނީ މި ސެޕްޓެމްބަރ މަހުގެ ނިޔަލަށް ކަމަށެވެ.
"މި މުބާރާތުގައި ކުދިން ކުރަހަން ޖެހޭނީ އެ ކުއްޖެއްގެ ޚިޔާލުގައި މޫލީ ހުންނާނެ ގޮތަށް. އެ ކުރެހުން ކުރެހުމަށްފަހު އޭގެ ފޮޓޯއެއް ފޭސްބުކް އެކައުންޓް، އިންސްޓަގްރާމްގައި ޕޯސްޓު ކޮށްލާ" އުރީދޫ އިން ބުންޏެވެ.
ޕޯސްޓް ކުރާއިރު ހޭޝްޓެގް "މައިމޫލީ" މިހެން ޖެހުމަށާއި އެ ޕޯސްޓްގައި މޫލީ.އެމްވީ ޓެގް ކުރުމަށާއި އެ ޕޯސްޓް ޕަބްލިކް ޕޯސްޓެއްގެ ގޮތުގައި ޕޯސްޓް ކުރުމަށްވެސް އުރީދޫން އެދެއެވެ.
ޢުމުރުން 5 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ހުޅުވާލާފައިވާ މި މުބާރާތުގައި ކުދިންގެ ކުރެހުން ފޭސްބުކް އަދި އިންސްޓަގްރާމްގައި ޝާއިއު ކުރާނީ އެކުއްޖެއްގެ ބެލެނިވެރިއާގެ އެކައުންޓުން ކަމަށްވެސް އުރީދޫ އިން ބުންޏެވެ.
މި މުބާރާތުގައި ބައިވެރިވާ ކުދިންގެ ތެރެއިން އެއްވަނަ ހޯދާ ކުއްޖަކަށް އެމެޒޯން ފަޔަރ ސްޓިކާއި އާޓް ކިޓް އަކާއި އަދި ސަޕްރައިޒް ހަދިޔާއެއް ލިބޭނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. އަދި ދެވަނައަށް ދާ ކުއްޖަކަށް ސަން ބަމް ހެއަރ ކެއަރ ސެޓަކާއި އާޓް ފޮތަކާއި ކުރަހާ ފަންސޫރު ފޮއްޓެއް ލިބޭ އިރު، ތިންވަނައަށް ދާ ކުއްޖަކަށް ލިބެނީ ސަން ކެއަރ ސެޓަކާއި އާޓް ފޮތާއި ކުރަހާ ފަންސޫރު ފޮޓެއް ކަމަށްވެސް އުރީދޫ އިން ބުނެއެވެ.
މިހާރުވެސް ވަރަށް ގިނަ ކުދިން ކުރެހުންތައް ފޭސްބުކް އަދި އިންސްޓަގްރާމަށް ކުރެހުން އަޕްލޯޑް ކުރަން ފަށާފައިވާ ކަމަށާއި ޕޯސްޓަށް ވީހާވެސް ގިނަ ލައިކްސް ހޯދުމަށް އުރީދޫން ވަނީ އެދިފައެވެ.
އުރީދޫގެ އީ-ކޮމާސް މާކެޓްޕްލޭސް ޕްލެޓްފޯމް "މޫލީ" އަކީ ގަނެވިއްކުމުގެ ހުރިހާ މަރުހަލާއެއް ޑިޖިޓަލް ކޮށްދޭ ޕްލެޓްފޯމެކެވެ.
އުރީދޫގެ ޕްރޮޑަކްޓުތައް އޯޑަރުކުރުމާއި، އޮންލައިންކޮށް ފައިސާދެއްކުން، އަދި އޮންލައިންކޮށް އޯޑަރު ކުރާ ޕްރޮޑަކްޓްތައް ރާއްޖޭގެ ކޮންމެ ހިސާބަކަށްވެސް ޑެލިވަރީ ކޮށްދިނުން ހިމެނެއެވެ.
ޚަބަރު
ކުޑަކުދިންނަށް ޚާއްސަކޮށްގެން އުރީދޫ އިން ކުރެހުމުގެ މުބާރާތެއް ފަށައިފި

އެހެނިހެން ލިޔުން