1. ޑޮލީ ކިޓީ އޯރް ވޯ ޗަމަކްތޭ ސިތާރޭ

2019 އަހަރު ރިލީސްކޮށްފައިވާ މިފިލްމަކީ ހިންދީބަހުން ކުޅެފައިވާ ފިލްމެކެވެ. އަލަންކްރިތާ ޑައިރެކްޓްކޮށް އެކްތާކަޕޫރް އުފައްދާފައިވާ މިފިލްމުގައި ތަރިންގެ ގޮތުގައި ފެނިގެންދާނީ ކޮންކަނާ ޝަރުމާއާއި ބޫމީ ޕެޑްނެކާރްއެވެ. މާބޮޑު ގުޅުންތެރިކަމެއް ނެތް ދެބެންގެދެދަރި ދެމީހުންކަމަށްވާ ޑޯލީ އާއި ކާޖަލްއާއި ދެމެދު ސިއްރު ކަންތައްތަކެއް ހިނގާ އެގުޅުން ވަރަށްބޮޑަށް ހީނަރުވެފައިވަނިކޮށް ފަހުން ދެމީހުންގެ ގުޅުން ރަނގަޅުވެ ދެމީހުންގެ ސިއްރު ކަންތައްގަނޑު އެކަކު އަނެކަކާއި ހިއްސާކުރެއެވެ. 18 ސެޕްޓެމްބަރ 2020 ވަނަދުވަހުން ފެށިގެން މިފިލްމު ނެޓްފްލިކްސް ދައްކަމުންދެއެވެ.

  1. ރެޗްޑް

1947 ވަނަ އަހަރު ދައްކުވައިދޭ މިފިލްމުގައި ފެނިގެންދަނީ ސައިކޭޓްރިކް ހޮސްޕިޓަލެއްގައި މަސައްކަތްކުރާ ނަރުހެއް ކަމަށްވާ މިލްޑްރެޑް އޭނާގެ މަސައްކަތުގެ ކުރީކޮޅު ވަރަށް ރަނގަޅަށް ނަރުހެއްގެ ޒިންމާ އަދާކުރަމުން އައިސް ކުއްލިއަކަށް އޭނާގެ މިޒާޖު ބަދަލުވެ މުޅިން އެހެން މީހަކަށް ބަދަލުވެ އޭނާގެ ބަލިމީހުންނާއި ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައްކުރާ މަންޒަރެވެ. ސާރާޕޯލްސަން، ފިންވިޓްރޮކް އަދި ޖުޑީޑެވިސް ތަރިންގެ ގޮތުގައި ފެނިގެންދާ މި ފިލްމުގެ ފުރަތަމަ ސީރީޒްވެސް 18 ސެޕްޓެމްބަރ 2020 ވަނަދުވަހުން ފެށިގެން ނެޓްފްލިކްސް ދައްކަން ވަނީ ފަށާފައެވެ. 

  1. ދަ ޕެރެމެޑިކް

މިލިސްޓްގެ 3 ވަނައިގައި ހިމެނޭ މިފިލްމަކީ ކާރލްސް ޓެރޮސް ޑައިރެކްޓްކޮށްފައިވާ ސްޕެނިޝް ތްރިލާއެކެވެ. އެންބިއުލާންސް ސާރވިސްގައި މަސައްކަތްކުރާ އެންޖަލް އަށް ދިމާވި ސީރިއަސް އެކްސިޓެންޓެއްގެ ސަބަބުން އުމުރަށް ފުރޮޅުލީ ގޮނޑިއެއްގައި އޭނާގެ ހަޔާތް ހޭދަކުރަންޖެހެއެވެ. އަދި އެކަމުގެ ސަބަބުން އޭނާގެ ޙަޔާތުގެ ބައިވެރިޔާ ވޭން އޭނާއަށް ބޭވަފާތެރިވެ ބޮޑު ހަމަނުޖެހުންތަކެއް ހިނގާ ބަދަލުހިފުމުގެ ވަރުގަދަ ސިލްސިލާއެއް ކުރިޔަށްދެއެވެ. އެއްގަޑިއިރާއި ތިރީސް ހަތަރު މިނިޓްގެ މިފިލްމު ރިލީޒްކޮށްފައިވަނީ 16 ސެޕްޓެމްބަރ 2020 ވަނަ ދުވަހުއެވެ.

  1. ދަ ޑެވިލް އޯލްދަ ޓައިމް

އެމެރިކަން ސައިކޯލޮޖިކަލް ތްރިލާއެއް ކަމަށްވާ މިފިލްމުގައި ޒުވާން ފިރިހެނަކު އޭނާ ލޯބިވާ މީހުން ކޮރަޕްޝަނާއި ކުށްކުރުމުގެ ވެއްޓަކުން ރައްކާތެރިކުރުމަށްޓަކައި މަސައްކަތްކުރެއެވެ. އަދި އެކަމުގެ ސަބަބުން އޭނާ ކުރިމަތިވާ އަނިޔާއާއި ގޮންޖެހުންތައް ވަރަށް ރަނގަޅަށް ދައްކުވައިދެއެވެ.

  1. ޖުރެސިކް ވޯލްޑް: ކޭމްޕް ކްރެޓީޝިއަސް

ޓީންއޭޖްގެ 6 ކުދިން ފެނިގެންދާ މިފލްމުގައި އައިސްލާ ނުބްލަރގެ އަނެއްފަރާތުގައި ކުރިޔަށްދާ އެޑްވެންޗަރ ކޭމްޕެއްގައި ބައިވެރިވުމުގެ ދަޢުވަތު މިކުދިންނަށް ލިބެއެވެ. އަދި މިކޭމްޕްގައި އުޅެނިކޮށް ޑައިނަސޯރތަކެއް އެކުދިންނާއި ދިމާކޮށް އެކުދިން ޑައިނަސޯރގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރެއެވެ. އަށް އެޕިސޯޑްގެ މައްޗަށް ކުޅެފައިވާ މި ސިލްސިލާގެ ފުރަތަމަ އެޕިސޯޑް ނެޓްފްލިކްސްއިން ދައްކައިފައިވަނީ 18 ސެޕްޓެމްބަރ 2020 ވަނަ ދުވަހުއެވެ.

  1. ލޫސިފަރ

އެހެން ދުނިޔެއެއްގައި ދިރިއުޅެމުންދާ ފަރުވާތެރި އަޅުމީހެއް އޭނާގެ ވަޒީފާއާއިމެދު ފޫހިވެ އެމެރިކާގެ ލޮސްއެންޖަލްސް އަށް ފައިބައެވެ. އަދި އެތަނުގެ ނައިޓްކްލަބެއްގައި ޕޮލިހަކާއި ދިމާވެ އެދެމީހުންގެ މެދުގައި ގުޅުންތަކެއް ހިނގައެވެ. ލޫސިފަރގެ 6 ވަނަ ސީޒަން ނެޓްފްލިކްސްއިން ދައްކަން ފަށައިފައިވަނީ ޖޫން 2020 ގައެވެ.

  1. ފްރެންޑްސް

1994 ވަނަ އަހަރު ފުރަތަމަ އެޕިސޯޑް ދައްކައިފައިވާ މި ސީރީޒްގައި ދައްކުވަފައިވަނީ މަންހައްޓަންގައި ދިރިއުޅޭ ދެގޮތެއްނުވާ 6 އެކުވެރިންގެ މެދުގައި ހިނގާ ކަންތަކެވެ. މަޖާ އަދި ލޯބީގެ ރަހަތައް އެކުލެވޭ މިސީރީޒްގައި އެކަކު އަނެކެއްގެ ވަޒީފާގެ ކަންތަކާއި ދިރިއުޅުމުގެ ހުރިހާ ކަމެއް ހިއްސާކުރެއެވެ. ޢާންމުންގެ ތެރޭގައި މަޤްބޫލުކަން ލިބިފައިވާ މި ސީރީޒްގެ އެންމެ ފަހު އެޕިސޯޑް ދައްކައިފައިވަނީ 6 މޭ 2004 ގައެވެ. 

  1. ޑްރެގޮންސް ޑޮގްމާ

ލިސްޓްގެ 9 ވަނައިގައި ހިމެނޭ މިފިލްމަކީ 2020 ވަނަ އަހަރު ކުޅެފައިވާ އެކްޝަން ސީރީޒްއެކެވެ. މިސީރީޒްގައި ފެނިގެނދަނީ އެރިސަން ކިޔާ މީހެއްގެ ހިތް ޑްރެގޮންއެއް އައިސް ވަގަށް ގެންދާތަނެވެ. އަދި އޭނާގެ ހިތް އަނބުރާ ހޯދުމަށް އޭނާ ކުރާ މަސައްކަތް އޭނާގެ އިންސާނިއްޔަތުކަމުގެ ސަބަބުން ފޭދިގެންދާ މަންޒަރެވެ.

  1. އެލައިވް

ސައުތްކޮރެއާގެ ޒޮމްބީ ފިލްމެއް ކަމަށްވާ އެލައިވްއަކީ 2019 ވަނަ އަހަރުގެ ސްކްރިޕްޓެއް ކަމަށްވާ "އެލޯން" ގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ. ސިއޯލްގައި ދިރިއުޅޭ ވީޑިއޯ ގޭމް ކުޅޭ މީހަކު އެކަނިމާއެކަނި އޭނާގެ އެޕަރޓްމެންޓްގައި ބަންދުވެ ޒޮމްބީތަކެއްގެ ކިބައިން ސަލާމަތްވުމަށް ކުރާ މަސައްކަތް ދައްކުވައިދޭ މިފިލްމް ނެޓްފްލިކްސް އިން ދައްކައިފައިވަނީ 8 ސެޕްޓެމްބަރ 2020 ވަނަ ދުވަހުއެވެ.

  1. ދަ ސޯޝަލް ޑިލެންމާ

ޖެފް އޮލޮސްކީ ޑައިރެކްޓްކޮށް ލަރިއްސާ ރޮޑްސް އުފައްދާފައިވާ މި ފިލްމަކީ ޑޮކިއުމެންޓްރީ ބޭސްޑް ފިލްމެކެވެ. ޖެނުއަރީ 2020 ގައި ރިލީޒްކޮށްފައިވާ މިފިލްމުގައި ފެނިގެންދަނީ ޓެކްނިކަލް އެކްސްޕާރޓްސް އިން ތަކެއް އަމިއްލަ މަސައްކަތުން ތަޢާރަފްކުރާ އުފެއްދުމެކެވެ. އެއުފެއްދުމުން ދައްކުވަދޭ ސޯޝަލް ނެތްވޯރކްގެ ސަބަބުން އިންސާނުންނަށް ކުރާ ނޭދެވޭ އަސަރު ވަރަށް ރަނގަޅަށް މިފިލްމުގައި ފެނިގެންދެއެވެ. މިފިލްމުގެ ދިގުމިނަކީ އެއްގަޑިއިރާއި ތިރީސް ހަތަރު މިނިޓެވެ.