މިއަދަކީ ބޮލީވުޑްގެ 'ކިންގް' ޝާހްރުކް ޚާންގެ އަންހެން ދަރިފުޅު "ސުހާނާ ޚާން"ގެ އުފަންދުވަހެވެ. 2022 މެއި 22 ވީ އާދިއްތަ ދުވަހު، ސުހާނާއަށް 22 އަހަރުފުރުން ފާހަގަކުރާއިރު އޭނާގެ މަންމަ "ގޯރީ ޚާން" އާއި ބެސްޓް ފްރެންޑް އެކްޓްރެސް "އަނަންޔާ ޕާންޑޭ"ގެ އިތުރުން އެހެނިހެން ތަރިން ވެސް ވަނީ އެކި ޕްލެޓްފޯމުތައް މެދުވެރިކޮށް އޭނާއަށް ދުވަހުގެ ތަހުނިޔާ ފޮނުވައިފައެވެ.
ޝާހްރުކްގެ ހުރި ހަމައެކަނި އަންހެން ދަރިފުޅު "ސުހާނާ"ގެ މަންމަ "ގޯރީ" އިންސްޓަގްރާމްގައި ސުހާނާގެ ރީތި ފޮޓޯއެއް ޕޯސްޓްކޮށް ޖަހާފައިވަނީ "ބާތުޑޭ ގާރލް" މިހެންނެވެ. އަދި އެ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި "މަނީޝް މަލްހޯތުރާ" އާއި "ކަރަން ޖޯހަރް" އަދި "ފަރާހް ޚާން"ގެ އިތުރުން "ޝްވޭތާ ބައްޗަން" އާއި "ސަންޖޭ ކަޕޫރު" ފަދަ މަޝްހޫރު މީހުން ވެސް ދަނީ ސުހާނާއަށް ތަހުނިޔާ ފޮނުވަމުންނެވެ. އަދި މީގެ އިތުރުން "އަނަންޔާ ޕާންޑޭ" އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ވަނީ ސުހާނާއަށް ތަހުނިޔާ ކިޔާ އެ ދެމީހުން ކުޑައިރުގެ ފޮޓޯއެއް ވެސް ޙިއްޞާކޮށްފައެވެ.

ސުހާނާ ފިލްމީ ދާއިރާއިން އެންމެ ފުރަތަމަ ފެނިގެންދާނީ "ޒޯޔާ އަޚްތަރު"ގެ 'އާޗީސް"އިންނެވެ.
