ޒޭން މަލިކް އަދި ޖީޖީ ޙަދީދްގެ އަލަތު ދަރިފުޅަށް އެމީހުން ވަރަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އެމީހުންގެ އަލަތު ދަރިފުޅު އުފަންވި ކަން އިޢުލާންކުރަމުން ޒޭން ކުރި ޓްވީޓެއްގައި ވަނީ އެމީހުންގެ އަންހެން ދަރިފުޅު އުފަންވެއްޖެ ކަމާ އަދި އެދަރިފުޅަކީ ވަރަށް ރީތި އަދި ސިއްޙަރު ރަގަޅު ކުއްޖެއް ކަމަށް ބުނެފައެވެ. މި  ޓްވީޓާއި އެކު ޒޭންގެ އަތުގައި ދަރިފުޅު ހިފައިގެން އޮތް ފޮޓޯއެއްވެސް ވަނީ ޙިއްސާ ކޮށްފައެވެ.

ޒޭންގެ ދަރިފުޅަށް މަރުޙަބާ ކިޔަމުން އިތުރަށް ޒޭން ބުނެފައިވަނީ އޭނާއަށް ކުރެވޭ އިޙްސާސް ލަފުޒުން ބަޔާން ކުރުން ވާނީ ނާދިރު ކަމަކަށް ކަމަށެވެ. އަދި ދަރިއަކު ލިބުމުން ޝުކުރުވެރިވާ ކަމަށާއި، މި ދަރިފުޅަކީ ޒޭންގެ އަމިއްލަ ދަރިއެކޭ ބުނަނީ ފަޚުރުވެރިކަމާ އަދި މި ދަރިފުޅު ދެކެ ލޯބިވާ ވަރެއް ޚުދު އޭނާއަށް ވެސް ނޭނގޭ ކަމަށް ޒޭން ބުނެފައި ވެއެވެ.

މި ދަރިފުޅަށް މަރުޙަބާ ކިޔަމުން ޖީޖީ ގެ ބައްޕަ މުޙައްމަދު ހަދީދް ވަނީ އިންސްޓަގްރާމްގައި ޅެމެއް އާންމު ކޮށްފައެވެ. އެ ޅެމުގެ މާނާގައި ވަނީ، " އޭ! ކާފަދަރިފުޅާއެވެ. މިއީ ކާފައެވެ. މިކާފަގެ ހިތްވަނީ ހައްދެއް ނެތްވަރަށް އުފަލުން ފުރިފައެވެ" މިހެންނެވެ.

ޒޭން އަދި ޖީޖީއަށް ސަޕޯޓް ކުރާ ފަރާތްތަކުގެ ހެޔޮ އެދުންތައް މީސްމީޑިޔާފައި ދަނީ އޮހެމުންނެވެ.