ކިނބިހި އެޅުމަކީ ނޭފަތުގެ ނޭވާލާ ނިޒާމުގެ ތެތް ފަށަލައަށް އުނދަގޫވުމުން ލިބޭ "ޖިސްމާނީ" ޖަވާބެކެވެ. އާންމުކޮށް މި "ހަރަކާތް" ފެށެނީ ހިސްޓަމިން ނުވަތަ ލޫކޯޓްރިއެންސް ފަދަ ކެމިކަލްތައް އުފެދި ލޭގެތެރެއަށް ދޫވުމުންނެވެ. މި މާއްދާތައް އުފައްދަނީ އާންމުކޮށް ނޭފަތުގެ ތެތްބައިގެ ތެރޭގައި ހުންނަ އީއޯސިނޯފިލްސް އާއި މާސްޓް ހަތާތައް ފަދަ "އިންފްލެމޭޓަރީ" ހަތާތަކުންނެވެ. މި މާއްދާތައް ދޫކުރެވެނީ ނޭވާލާ ނިޒާމަށް ޖެހޭ ވައިރަލް އިންފެކްޝަންތަކާއި، ފުރޭނިފައިވާ ޒައްރާތަކާއި، އެލާޖަންސް (އެލާޖިކް އުފެދޭ މާއްދާތައް) ނުވަތަ ދުން ތަޣައްޔަރުވުމާއި އަދި ފިނި ވައި ފަދަ ޖިސްމާނީ ގޮތުން އުނދަގޫވާ މާއްދާތަކުގެ ސަބަބުންނެވެ. ނޭފަތުގެ ތެތްބަޔާއި އާއި އެކު އެލާޖިކް ޖެހުމުން އައި.ޖީ.އީ (އެލާޖަން އަށް ޚާއްޞަ އެލާޖީ އެންޓިބޮޑީ) ހުންނަން ޖެހެއެވެ. މިކަމުގެ ސަބަބުން ނޭފަތުގައި ހުންނަ ލޭހޮޅިތަކުން ފެން ބޭރުވެ، ނޭފަތުގައި ޖަމާވެ، ނޭފަތުން ފެން އައުންފަދަ އަލާމާތްތައް ފެނެއެވެ. މީގެ އިތުރުން ނާރުތަކުގެ ބުޑުތައް ހިރުވާ، އުނދަގޫ އިހުސާސްތަކެއް ކުރުވައެވެ.

ނަތީޖާއެއްގެ ގޮތުން ނާރުތަކުގެ ބުޑުގައު އުފެދޭ "ސްޓިމިއުލޭޝަންގެ" ސަބަބުން ސިކުނޑީގެ އެތެރޭގައި "އަރާމެއް" އުފެދެއެވެ. ނާރުތަކުގެ ބާރު، ޙިއްސީ ނާރުތަކުގެ މައްޗަށް ދަތުރުކޮށް ބޮލާއި ކަރުގައި ހުންނަ މަސްތައް ކޮންޓްރޯލްކުރާ ނާރުތަކުގެ ތިރިއަށް ދަތުރުކުރެއެވެ. އެކަމުގެ ސަބަބުން ވައި އަވަހަށް ބޭރުވެއެވެ. ވައި ދައުރުވުމުގެ މަތީ ޕުރެސަރެއް އުފެދެއެވެ. ކުއްލިއަކަށް ނޭވާލާ ނިޒާމުގެ ހޮޅިތައް ހުޅުވުމުން ޕްރެޝަރު ލިބިފައިވާ ވައި އަނބުރާ ނޭވާލާ ނިޒާމުގެ މައްޗަށް ދަތުރުކޮށް، ނޭވާލާ ނިޒާމަށް އުނދަގޫ ކުރުވި އެއްޗެއް ނުވަތަ އެލާޖަން ތަކެތި ބޭރުކޮށްލައެވެ. މިއީ ނޭފަތުގައި ހުންނަ އެލާޖަންގެ ޒައްރާތައް ނައްތާލުމަށް އެހީތެރިވެދޭ ކަމެކެވެ. މިއީ ބަލި ޖެހިފައިވާ މީހާގެ ނޭވާލާ ނިޒާމުން މި ޒައްރާތައް ނުކުތުމަށް ވެވޭ ފަހި މަގެއް ކަމުގައި ވީނަމަވެސް މިއީ އެހެން މީހުންގެ ނޭވާލާ ނުޒާމަށް މި ޒައްރާތައް ނުވަތަ ވައިރަސްތައް ވަނުމުގެ ފުރުސަތު ބޮޑުވެދާ ކަމެކެވެ.

ކިނބިހިއެޅުން ކޮންޓްރޯލް ކުރުމުގައި އެހީތެރިވުމަށް އެކި ބޭސްތައް ހުރެއެވެ. "އެންޓިހިސްޓޭމިންސް" ގުރޫޕުގެ ބޭސްތައް ޖުމުލަކޮށް މަސައްކަތް ކުރަނީ ނޭފަތުގެ ލޭހޮޅިތަކުގައި ހުންނަ ހިއްސީ ނާރުތަކުގައި ހިސްޓަމިންގެ އަމަލު ހުއްޓުވުމަށެވެ. ޑޮކްޓަރުގެ ލަފާގެ މަތިން ދޭ ބައެއް "އެންޓިހިސްޓޭމިންތަކަކީ" "ނޮންސެޑޭޓިން" ބޭސް ކަމުގައި ވާއިރު، އެއީ އާންމުކޮށް ލިބެންހުންނަ "އެންޓިހިސްޓޭމިންތަކާ" އަޅާބަލާއިރު ތަފާތު ބޭސްތަކެކެވެ.

ކިނބިހި އެޅުމާއި އެކަމުގައި ހިނގާ ހަރަކާތްތަކަކީ އަހަރެމެންގެ ހަށިގަނޑުގައި އާދަވެ ހިނގާ ކަންކަމެވެ. ނަމަވެސް އެކަންކަމުގައި ކަންހިނގާ ގަޮތާއި ކަމުގެ ތަރުތީބު އަހަރެމެންނަށް އެނގިފައި ހުރުން މުހިންމުކަމުގައި ދެކޭތީ، މި ލިޔުން މިގޮތަށް ލިޔެލީމެވެ.