"އެމްޓީވީ މޫވީސް އެންޑް ޓިވީ އެވޯޑްސް 2022"ގެ އެންމެ މޮޅު ފިލްމަކަށް 'ސްޕައިޑަރ މޭން - ނޯ ވޭ ހޯމް' ހޮވިއްޖެއެވެ. 

ޖޯން ވަޓްސް ޑައިރެކްޓްކޮށް 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރި ފިލްމު 'ސްޕައިޑަރ މޭން - ނޯ ވޭ ހޯމް'އަކީ ސްޕައިޑަރ މޭން ސީކުއެއްލްތަކުގެ ތެރެއިން އެންމެ މަޤުބޫލުވެގެން ދިޔަ ފިލްމެވެ. މިދިޔަ އާދީއްތަ ދުވަހުގެރޭ ކެލިފޯނިއާގެ ސެންޓަރ މޮނީކާގައި ބޭއްވި މި އެވޯޑު ޙަފްލާގައި އެންމެ މޮޅު ފިލްމަކަށް 'ސްޕައިޑަރ މޭން - ނޯ ވޭ ހޯމް' ހޮވިފައިވާއިރު އެންމެ މޮޅު ޓީވީ/ސީރީޒް އަކަށް ހޮވިފައިވަނީ 'ޔޫފޯރިއާ'އެވެ. އަދި ހަމަ އެހެންމެ 'ބެސްޓް ޕަފޯމަންސް'ގެ އެވޯޑު ޓޮމް ހޮލެންޑު ވަނީ ހޯދައިފައެވެ. މިއާއެކު "ސްޕައިޑަރ މޭން - ނޯ ވޭ ހޯމް"އަށް ޖުމްލަ 02 އެވޯޑެއް މިވަނީ ލިބިފައެވެ. އެއީ މީގެ އިތުރުން އޮސްކާގެ "ބެސްޓް ވިޜުއަލް އެފެކްޓްސް"ގެ އެވޯޑެވެ. 

Marvel Dikabarkan Ingin Jadikan Karakter MJ di Spider-Man Sebagai Superhero  | Republika Online

 ފާހަގަކޮށްލެވޭ އިތުރު އެވޯޑުތަކުގެ ތެރޭގައި 'ބެސްޓް ވިލަން'ގެ އެވޯޑު (ލޮސްޓް ސިޓީ)ގެ ވިލަން ޑޭނިއެލް ރެޑްކްލިފް ކާމިޔާބުކުރުމާއި، 'ބެސްޓް ސްކްރިޕްޓެޑް މޫވީ' އެވޯޑު (ބެޓްމޭން) ކާމިޔާބުކުރުން ހިމެނެއެވެ. އަދި މީގެ އިތުރުން ޖެނީފާ ލޮޕޭޒްއަށް ވެސް ވަނީ 'ކެރިއަރ އެޗީވްމަންޓް އެވޯޑް' ލިބިފައެވެ.