އަހަރެމެންގެ ކެއިންބުއިމުގެ ތެރޭގައި ޓޮމާޓޯ އަކީ ވަރަށް އާންމު ތަރުކާރީއެކެވެ. ރޯ ޓޮމާޓޯއަށް ވުރެ ގިނައިން އަހަރެމެންނަށް ބޭނުން ކުރެވެނީ ޓޮމާޓޯ ސޯހާއި ޓޮމާޓޯ ޕޭސްޓެވެ. ނަމަވެސް އެއީކީ ސިއްހަތަށް ފައިދާހުރި ކެއުންތަކެއް ނޫނެވެ. ރޯ ޓޮމާޓޯ ތާޒާކަންމަތީ ކެއުމުގައި ބޭނުން ކުރެވޭނަމަ އެއީ ފައިދާ ކުރަނިވި ކާނާއެކެވެ. މި ލިޔުމުގައި މި ބަލާލަނީ ޓޮމާޓޯއިން ލިބޭ މާއްދާތަކާއި ބައެއް ފައިދާތަކަށެވެ.
ޓޮމާޓޯގައި ހުންނަ ފެނުގެ މިންވަރަކީ ގާތްގަނޑަކަށް %95 އެވެ. އަނެއް %5 ގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ކާބޯހައިޑްރޭޓްސް އާއި ފައިބަރެވެ. މިއީ ޓޮމާޓޯގެ އުފެދުމުގައި ހިއްސާކުރާ ބައިތަކެވެ. މިއީ އަދި ޓޮމާޓޯއިން ލިބިދޭ މާއްދާތަކެއް ނޫނެވެ.
ޓޮމާޓޯގައި ކާބްސް އެކުލެވިގެންވަނީ ގުރާމުގެ އިންސައްތައިން %4 ގައެވެ. މި ކާބްސް ގެ ތެރެއިން ގްލޫކޯޒް އަދި ފްރަކްޓޯޒް ފަދަ ސާދާ ހަކުރުތަކަކީ ކާބްސްގެ ގާތްގަނޑަކަށް %70 އެވެ.
ޓޮމާޓޯ އަކީ ފައިބަރުގެ ރަނގަޅު މަސްދަރެކެވެ. އެހެންކަމުން އެވްރެޖް ސައިޒުގެ ޓޮމާޓޯއަކުން ގާތްގަނޑަކަށް 1.5 ގްރާމް ފައިބަރު ލިބިދެއެވެ. ޓޮމާޓޯގައި ހުންނަ ގިނަ ފައިބަރުތަކަކީ "އިންސޮލޫބަލް"، "ހެމީސެލޫލޯޒް"، "ސެލޫލޯޒް"، އަދި "ލިގްނިންގެ" ސިފައިގައި ހުންނަ ފައިބަރުތަކެކެވެ. މިއީ ހައްތަހާވެސް އެކި ދަރަޖަ ދަރަޖައިގެ ފައިބަރުގެ ތާސީރުތަކެވެ.
ޓޮމާޓޯ އަކީ ބައެއް ވިޓަމިންސް އާއި މިނަރަލްސް އެކުލެވޭ ރަނގަޅު، ފައިދާހުރި ތަރުކާރީއެކެވެ. ވިޓަމިން ސީ އަކީ ކޮންމެހެން ބޭނުންވާ ކެވެނީގެ މާއްދާއެއް އަދި އެންޓިއޮކްސިޑެންޓެކެވެ. އާދައިގެ ޓޮމާޓޯއަކުން، ދުވާލުގެ ކެވެނީގެ ނިސްބަތުން ގާތްގަނޑަކަށް %28 ވިޓަމިން ސީ ފޯރުކޮށްދޭނެއެވެ. ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މާއްދާއެއް ކަމަށްވާ ޕޮޓޭސިއަމް އަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ކުރުމާއި ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް ފައިދާހުރި ކެވެނީގެ މާއްދާއެކެވެ. "ފައިލޯކުއިންއޯން" ގެ ނަމުން ވެސް މަޝްހޫރު ވިޓަމިން ކޭ އަކީ ލޭހޮޅިތަކާއި ކަށީގެ ދުޅަހެޔޮކަމަށް މުހިންމު އެއްޗެކެވެ. ވިޓަމިން ބީ ގެ ތާސީރުގެ ތެރެއިން އެއް ވިޓަމިން ކަމަށްވާ "ފޮލޭޓަކީ" ހަތާރުތައް އާދައިގެ ގޮތަކަށް ބޮޑުވުމާއި ހަތާތައް މަސައްކަތް ކުރުމަށް މުހިންމު މާއްދާއެކެވެ. އެއީ މާބަނޑު އަންހެނުންނަށް ޚާއްޞަކޮށް މުހިންމު މާއްދާއެކެވެ.
ޓޮމާޓޯގައި ހިމެނޭ މާއްދާތަކުގެ ތެރޭގައި ގަސްގަހާގެހީގައި އެކުލެވޭ މާއްދާތަކެއްވެސް ހުރެއެވެ. އޭގެ ތެރޭގައި ލައިކޯޕީން ނަމަކަށް ކިޔާ މާއްދާއެއް ހިމެނެއެވެ. ރަތްކުލައިގެ ރަމްޒެއް އަދި އެންޓިއޮކްސިޑެންޓެއް ކަމަށްވާ "ލައިކޯޕީން" އަކީ ސިއްހަތަށް ފައިދާހުރި "އަސަރުތަކެއް" ކުރާ މާއްދާއެކެވެ. ޓޮމާޓޯގައި ހުންނަ ބީޓާ ކެރޮޓީން އަކީވެސް އެފަދަ މާއްދާއެކެވެ. ގިނަ ފަހަރަށް ޓޮމާޓޯގައި ރީނދޫ ނުވަތަ އޮރެންޖް ކުލައެއް ލިބިދޭ އެންޓިއޮކްސިޑެންޓެއް ކަމަށްވާ ބީޓާ ކެރޮޓީން އަކީ ހަށިގަނޑުގައި ހުންނަ ވިޓަމިން އޭ އާއި އެކު ބަދަހި މަސައްކަތްތަކެއް ކުރާ މާއްދާއެކެވެ. އަނެއް މާއްދާ އަކީ ނަރިންގޭނިން އެވެ. ޓޮމާޓޯގެ ތޮށިން ފެންނަ މި "ފްލެވަނޮއިޑް" އަކީ މަސްތަކުގެ ދުޅަހެޔޮކަން ކުޑަކޮށްދޭ އެކި ބަލިތަކުން ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. ކްލޮރޯޖެނިކް އެސިޑް އަކީވެސް ޓޮމާޓޯއިން ފެންނަ މުހިންމު މާއްދާއެކެވެ. ވަރުގަދަ އެންޓިއޮކްސިޑެންޓް ކޮމްޕައުންޑެއް ކަމަށްވާ ކްލޮރޯޖެނިކް އެސިޑްގެ ސަބަބުން ލޭގެ ޕްރެޝަރު މަތިވާ މީހުންގެ ލޭގެ ޕްރެޝަރު ދަށްކޮށްދިނުމަށް އެހީތެެރިވެދެއެވެ. ކްލޮރޯފިލްސް އާއި ލައިކޯޕީން ފަދަ ކެރޮޓީނޮއިޑްސް އަކީ ޓޮމާޓޯގެ މުއްސަނދި ކުލައަށް ޒިންމާވާ މާއްދާތަކެވެ. މޭވާ ހެދުމުގެ މަރުހަލާ ފެށުމުން ކްލޮރޯފިލްގެ (ފެހި) ތާސީރު މަދުވެ ކެރޮޓީނޮއިޑްސްގެ (ރަތް) ތަސީރު ގިނަވެއެވެ.
ހިތުގެ އެކި އެކި ބަލިތަކާއި ކެންސަރުގެ އަލާމާތްތަކާއި ދެކޮޅަށް މަސައްކަތް ކުރާ ގިން މާއްދާތަކެއް ޓޮމާޓޯއިން ލިބިދެއެވެ. އަދި ހަމުގެ ދުޅަހެޔޮކަމާއި ކަށީގެ އެކަތަކަން ބަދަހިކޮށްދޭ ބައެއް މާއްދާތައްވެސް ޓޮމާޓޯއިން ލިބެއެވެ. ނަމަވެސް އެއީ ރޯ ޓޮމާޓޯއިންނެވެ. ޓޮމާޓޯ ސޯހަކުން އަދި ޓޮމާޓޯ ސޯހަކުން އެފަދަ އެއްވެސް ފައިދާއެއް ނުލިބޭނެއެވެ.
