އާންމުގެ ނަމުން ނަމަ ޕްރޭނާ ހުރީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ކަރަންޓީންގައެވެ. ސޮނީ ޓީވީ އިން މިހާރު ދައްކަމުންދާ ސިލްސިލް "މެރެ ޑޭޑް ކި ދުލްހަން" ގެ ބަޠަލާ ވަނީ މިކަން މީޑިޔާއަށް ޔަގީން ކޮށްދީފައެވެ. ޝްވޭތާ ހާމަ ކުރި ގޮތުގައި ސެޕްޓެމްބަރ 16 ގައި ކެއްސަން ފެށުމުން ޖެހިގެން އައި ދުވަހު ޓެސްޓް ކުރީއެވެ.
މެރެ ޑޭޑް ކި ދުލްހަން ގައި ޝްވޭތާ އާއި އެކުގައި މަސައްކަތް ކުރާ ވަރުން ބަޑޯލާގެ އަންހެނުން ރާޖޭޝްވަރީ ސަޗްދޭވް ވެސް ވަނީ މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އަންހެނުން ޓެސްޓް ޕޮޒިޓިވް ވުމުން، މަސައްކަތުން ޗުއްޓީ ނަގާ، ވަރުން އަމިއްލަ އަށް ކަރަންޓީން ވެގެން ޓެސްޓް ހެދިއެވެ. ޓެސްޓްގެ ނަތީޖާ ނެގެޓިވް ވުމުން އޭނާ ވަނީ އަލުން ޝޫޓިން އަށް ދާން ފަށާފައެވެ.
ޝްވޭތާ އިތުރަށް ކިޔާދިން ގޮތުގައި އޭނާގެ ދޮށި ދަރިފުޅު ޕަލަކް އަކީ ވަރަށް ފަރުވާތެރިވެގެން އިޖުތިމާޢީ ގައިދުރު ކަން ބަހައްޓާ ކުއްޖެއްކަމަށާ، ދިރިއުޅެނީ އެއް ގެއެއްގައި ކަމަށާ، ނަމަވެސް ހަގުދަރިފުޅު ރެޔާންޝް ވަނީ އެނާގެ ބައްޕަ އަބިނަވް ކޯހްލީގެ ގެއަށް ފޮނުވާފައެވެ.
"މިހާރު ގޭގައި އިނދެގެން ވަރަށް ގިނައިން ހޫނު ފެން ބޮއި ފޮތް ކިޔާ ހަދަން، ކުރީކޮޅު ބަލީގެ އަލާމާތްތައް ފެނުނު، ނަމަވެސް މިހާރު ރަގަޅު، ފުރަތަމަ ޓެސްޓް ކުރީ މިމަހު 17 ގައި، އަދި މިމަހު 27 ގައިވެސް ޓެސްޓް ކުރާނެ، އޮކްޓޯބަރ 1 އާ ހަމައަށް އަހަރެން ހުންނާނީ ކަރަންޓީންގައި" ޝްވޭތާ ހާމަ ކުރިއެވެ.
