ނެޓްފްލިކްސްގެ ކޮރެއަން-ޑްރާމާ ތަކުގެ ފޭނުންނަށް މިފަހަރު މިއޮތީ އުފާވެރި ޚަބަރެކެވެ. ދާދި ފަހުން ނެޓްފްލިކްސްއިން މިވަނީ މަޝްހޫރު ކޮރެއަން ސިލްސިލާ "ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަން އަންނާނެކަން ރަސްމީކޮށް ހާމަކޮށްފައެވެ. ނެޓްފްލިކްސްގެ އެންމެ ކާމިޔާބު ޑްރާމާ ސިލްސިލާތަކުގެ ތެރޭގައި ހިމެނޭ "ސްކުއިޑް ގޭމް"ގެ ޑައިރެކްޓަރު ހްވާނގ ޑޯންގ-ހްޔޫކް ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ "ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަނެއް ހެދުމުގެ ޚިޔާލެއް ނެތެވެ. ނަމަވެސް ބެލުންތެރިންގެ ފަރާތުން ލިބުނު ސަޕޯޓުގެ ސަބަބުން ދެވަނަ ސީޒަނަކާ ދިމާލަށް ވިސްނީއެވެ.
"ސްކުއިޑް ގޭމް - ސީޒަން 02" ރިލީޒްކުރާނީ ކޮން އިރަކު؟
ޑްރާމާގެ ޑައިރެކްޓަރު 'ވެނިޓީ ފެއަރ'އަށް ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ "ސްކުއިޑް ގޭމް"ގެ ދެވަނަ ސީޒަން ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭން ގަސްދުކުރަނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގައި ނޫނީ 2024 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށެވެ. އިންޓަރވިއުގައި އިތުރަށް ވާހަކަދައްކަމުން އޭނާ ބުނެފައިވަނީ ޑްރާމާގެ ސްކްރިޕްޓްގެ 03 ޞަފްޙާ މިހާރު ލިޔެ ނިމިފައިވާ ކަމަށާއި ވާހަކަ ދެމިގެންދާނީ ކިހިނެއް ކަމެއް އަދި ޔަޤީން ނުވާކަމެވެ. ޑްރާމާ ރިލީޒްކުރާނެ ތާރީޚެއް ރަސްމީކޮށް ނެޓްފްލިކްސްއިން އަދި ޕްރޮޑިއުސަރުން ވެސް ހާމަކޮށްފައިނުވިނަމަވެސް ލަފާކުރެވޭ ގޮތުގައި 2023 ވަނަ އަހަރުގެ ފަހުކޮޅު ބެލުންތެރިންނާ ހަމަޔަށް "ސްކުއިޑް ގޭމް - ސީޒަން 02" އަންނާނެއެވެ.
Red light… GREENLIGHT!
— Netflix (@netflix) June 12, 2022
Squid Game is officially coming back for Season 2! pic.twitter.com/4usO2Zld39
"ސްކުއިޑް ގޭމް - ސީޒަން 02"ގެ ރަސްމީ ފުރަތަމަ ޓީޒާ އާއެކު ޑައިރެކްޓަރު ދީފައިވާ މެސެޖެއްގައި ވާގޮތުން ނަމަ ސިލްސިލާގެ ފުރަތަމަ ސީޒަނުގައި ވެސް މައި ރޯލު ކުޅުނު އެކްޓަރު 'ގީ-ހަނ'(ލީ-ޖުންގ-ޖޭ) މިސީޒަނުގައި ވެސް އެނބުރި އަންނާނެއެވެ. ފުރަތަމަ ސީޒަނުގައި އޭނާގެ ކެރެކްޓަރއަށާއި އެކްޓިންގއަށް ބެލުންތެރިން ވަރަށް ސަޕޯޓުކޮށްފައިވާއިރު ދެން އޮތް ސީޒަނުގައި އެކަން އިތުރަށް ބޮޑުވެގެން ދާނެ ކަމީ ހަމަ ގައިމު ވެސް ބެލުންތެރިން އުއްމީދުކުރާނެ ގޮތެވެ.

އަދި މީގެއިތުރުން, ޑްރާމާގައި ކުޅޭ ހުރިހާ ގޭމްތަކެއްގެ ފަހަތުގައިވާ "ފްރަންޓް މޭން (ލީ-ބްޔޫނގ-ހަނ)" ވެސް ފެނިގެންދާނެކަމަށް ޑައިރެކްޓަރު 'ހްވާނގ' ވަނީ ބުނެފައެވެ.
