ބޮލީވުޑްގެ އަރަމުން އަންނަ ތަރި ރަކުލް ޕްރީތު ވެސް މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރާ ކަމަށް ޝައްކު ކުރެވި އޭނާގެ ފޯނުން ފެނުނު ވަޓްސްއަޕް މެސެޖްތަކެއްގެ މައްސަލައިގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް ވަނީ ހާޟިރު ކުރެވިފައެވެ. 4 ގަޑިއިރު ވަންދެން ރަކުލް އާ ސުވާލު ކުރެވުނީ ރިޔާ ޗަކްރަބަރްތީ އާއެކު ބަދަލު ކުރެވިފައިވާ މެސެޖްތަކަކާ، މަސްތުވާތަކެތީގެ މައްސަލައިގައި ރިޔާ އާ ސުވާލުކުރުމުން އޭނާ އެން. ސީ.ބީ އަށް ދިން ބަޔާނުގައި ރަކުލްގެ ނަން ޝާމިލްކޮށްފައި ވުމުން އެކަމާ ގުޅޭގޮތުންނެވެ. ރަކުލްގެ ފޯނުން ފެނުނު މެސެޖްތަކަކީ މަސްތުވާތަކެތި ހޯދުމަށް ރިޔާ ކޮށްފައިވަ މެސެޖްތަކެކެވެ. ރަކުލް ބުނެފައިވަނީ މަސްތުވާތަކެތީގެ ކަންކަމުގައި ރިޔާ ރަކުލްގެ ބޭނުން ހިފާ ކަމަށާ ރަކުލްގެ ގޭގައި ހުއްޓާ އެން.ސީ.ބީގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްތުވާ ތަކެއްޗަކީ ރިޔާގެ އެއްޗެހި ކަމަށެވެ.

ރަކުލްގެ މި ބަޔާނާއި އެކުގައި ރިޔާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ކަންކަން އިތުރަށް ސީރިއަސް ވެގެން ދާނެއެވެ. ރަކުލް ހާމަކުރި ގޮތުގައި ޑްރަގް ވިއްކާ ބޮޑެތި މީހުން އަތުން ގަނެގެން މަސްތުވާތަކެތި ދަނީ ރަކުލްގެ ބެލުމުގެ ދަށަށެވެ. ދެން ޕާޓީ ފަދަ ކަންކަމަށް ރިޔާ މަސްތުވާތަކެތި ބޭނުން ވުމުން އެ ބޭނުންވާ ވަރަކަށް ރަކުލް ރިޔާ އަށް ދެނީއެވެ.

ރަކުލްގެ އިޢުރިރާފްގައި އޭނާގެ ގޭގައި މަސްތުވާތަކެތި ބަހައްޓާކަމަށް އިޢްތިރާފް ވެފައި ވުމުން، އެއީ ވިޔަފާރީގެ ބޭނުމަށް ބެހެއްޓި ބެހެއްޓުމެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތެވެ. ނަމަވެސް މިހާރު އެން.ސީ.ބީ އިން ސުވާލު ކުރަމުން ދަނީ ރަކުލް އަކީ މަސްތުވާތަކެތި ފޯރުކޮށްދިނުމުގެ މެދުވެރިއެއް ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް ރަކުލްގެ ގެއިން ފެނުނު މަސްތުވާތަކެތީގެ އަދަދަށް ބަލާފައި ރަކުލް އަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތެއްގެ ގޮތުގައި ތަހުގީގު އިތުރަށް ކުރިއަށް ގެންދިއުމުގެ ފުރުސަތު ބޮޑެވެ.