މާލެ އާއި އަތޮޅުތަކުގެ ބޮޑެތި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެއްގަމު އުޅަނދަކީ ވަރަށް މުހިންމު ބައިވެރިއެކެވެ. ދުވަހުގެ އެކި މަސައްކަތްތައް ކުރުމަށް ގަންނަން ޖެހޭ ތަކެތި ގަތުމާއި އެއްތަނުން އަނެއްތަނަށް ދިއުމަށް އެންމެ އެކަށޭނަ އުޅަނދަކީ މޮޓޮރ ސައިކަލެކެވެ. މިއީ އެއާ ނުލާ ގިނަބައެއްގެ ދިރިއުޅުން ހުއްޓުމަކަށް އަންނާނެ ފަދަ މުހިންމު އެއްޗެކެވެ. އެހެންކަމުން ފެންވަރު ރަގަޅު ޒަމާނީ ސައިކަލެއް ހެޔޮ އަގެއްގައި، ފަސޭހަ ޕޭމަންޓް ސްކީމަކާ އެކު ލިބުމަށްވުރެ ވަކި އުފާވެރި ޚަބަރެއް މި ދުވަސް ވަރު ނުލިބޭނެއެވެ.
ކޮވިޑް-19 ގައި އެންމެނަށް ލިބިފައިވާ މާލީ ދަތިކަމާއެކުވެސް އެމް. ވީ އެކްސް އިން މިވަނީ  އެފަދަ ރަނުގެ ފުރުސަތެއް ހުޅުވާލާފައެވެ. އެކުންފުނިން ވިއްކާ ކޮންމެ ސައިކަލަކުން 2،000 ރުފިޔާގެ ޑިސްކައުންޓްއެއް ދޭ ޕްރޮމޯޝަން އެމް. ވީ އެކްސް އިންވަނީ ފަށާފައެވެ. 
ނިމި ދިޔަ 2019 ވަނަ އަހަރުގެ ޑިސެމްބަރ މަހުން ފެށިގެން ސައިކަލު އެތެރެކޮށް ވިއްކުމުގެ ވިޔަފާރި ކުރަމުންދާ އެމް. ވީ އެކްސް އިން އެތެރެ ކުރަމުން އަންނަ ސައިކަލު ތަކަކީ އެންމެ ފަހުގެ ފެންވަރު ރަގަޅު ސައިކަލެވެ. މީގެ ތެރޭގައި ހިމެނެނީ އެންމެ ފަހުގެ ސައިކަލުތައް ކަމުގައިވާ ޕީ. ސީ. އެކްސް ހައިބްރިޑް،  ޒުވާނުންގެ މެދުގައި މަގުބޫލް އެއަރބްލޭޑް 125، އެއަރބްލޭޑް 125 ގެ ބްލެކް އެޑިޝަން ގެ އިތުރުން އެއަރބްލޭޑް 150 ސްޓޭންޑަރޑް އަދި އެއަރބްލޭޑް 150 ގެ ސްޕެޝަލް އެޑިޝަން އެވެ.
އެމް. ވީ. އެކްސް އިން ހާމަ ކުރި ގޮތުގައި އެތަނުން ވިއްކާ ސައިކަލުތައް، ބޭންކް އޮފް މޯލްޑިވްސްގެ އިސްލާމިކް ފައިނޭންސް ސްކީމްގެ ތެރެއިން ވެސް ގަނެވޭނެއެވެ. މިތަނުން ވިއްކާ ސައިކަލު ތަކުގެ އަގުތައް ހުންނާނީ 53،000 ރުފިޔާ އިން ފެށިގެން 99،000 ރުފިޔާ އާއި ހަމައަށެވެ. އެހެންކަމުން ފަސޭހަ ކަމާ އެކު ކުޑަ އަގެއްގައި ސައިކަލެއް ގަންނަން ބޭނުންވާ ފަރާތްތަކުން އިޚްތިޔާރު ކުރަންވީ އެމް. ވީ  އެކްސްއެވެ. 
އެމް. ވީ. އެކްސް އަކީ ދިވެހިންގެ ތެރޭގައި މިހާރު މަޤްބޫލު ނަމެކެވެ. މި ކުންފުނީގެ ފަރާތުންގެ ދިވެހިންގެ ބަދިގެތަކަށް ވަނީ މުޅިން ތަފާތު ކަމެއް ގެނެސްދީފައެވެ. މިގޮތުން ތަޢާރަފްކުރި އެންމެ ފުރަތަމަ ބާވަތަކީ ވިޓަމިން އަދި މިނެރަލްގެ ބައިތަކުން މުއްސަނދިވެފައިވާ އަދި ދޮންނަން ނުޖެހޭ ތައި ޖޭސްމިން ހަނޑުލެވެ. ހުވަނދުމަލުގެ މީރުވަސް އެކުލެވިގެންވާ މި ހަނޑުލަކީ ގްލޫޓެން ފްރީ ހަނޑުލެކެވެ. ވަރަށް ގިނަ ދިވެހިންގެ ކޮންމެ ދުވަހެއްގެ ސުފުރާމަތިން މި ހަނޑޫ ވަނީ ޖާގަ ހޯދާފައެވެ. 


ދެން ފާހަގަ ކުރެވުނީ ކޮކޯޒިމް ގެ ކާށިކިރެވެ. ރާއްޖޭގެ ބާޒާރުގައި ތަފާތު އެކި ބްރޭންޑްގެ ކާށިކިރު ލިބެން އެބަ ހުއްޓެވެ. ރިހަ އާއި ބަތާއި ފޮނި ކާތަކެތި ހެދުމަށް ހަމަ ވަރަށް މީރު ކިރު ގަންނަން ލިބެއެވެ. ނަމަވެސް ކޮފީއަށް އަޅައިގެން ބޯންކަމުދާ ވަރުގެ މީރު ކާށިކިރަކަށް މި ދިމާވީ ކޮކޯޒިމް ކާށިކިރެވެ.

ހަމަ މިއާއި އެކުގައި ފާހަގަ ކުރެވެނީ ފްރިޖަށް ނުލާވެސް އެއް އަހަރު ތާޒާކަންމަތީ ބެހެއްޓޭނެހެން ބަންދުކޮށްފައިވާ ކާށިހުންޏެވެ. މިއީ ކިރު ފެލުމަށާއި ހެދިކާ ފަދަ ތަކެތި ހެދުމަށް ބޭނުންކޮށްލަން ވަރަށް ފަސޭހަ އެހާމެ މީރު ހުންޏެކެވެ.

އެމް. ވީ އެކްސް އިން ވިއްކާ ކާށި ކިރު އަދި ކާށި ހުންޏަކީ ދިވެހިންގެ ރަހައާއި ވައްޓަފާޅިއާ ގުޅޭގޮތަށް، އެމް.ވީ އެކްސްގެ ޚާއްސަ އޯޑަރަށް ތައްޔާރުކޮށް އެކުންފުނީގެ ލޯގޯ ޖަހައިގެން ބަންދުކުރެވިފައިވާ ބާވަތްތަކެވެ. މި ބާވަތްތަކަކީ ރާއްޖޭގެ ގިނަ ސުޕަރމާކެޓްތަކުގައި ލިބެން ހުންނަ އަދި ގިނަ ރެސްޓޯރެންޓްތަކުގައި ބޭނުން ކުރާ ބާވަތްތަކެވެ.