ރާއްޖޭ ގެ މަޝްހޫރު ވާހަކަ ލިޔުންތެރިއެއް ކަމުގައިވާ އަޙްމަދު އިޤްބާލް ލިޔެފައިވާ ހިޓް ވާހަކަ "އެހެނަސް ހަމަ ލޯބިވޭ" ގެ މައްޗައް ބިނާކޮށް ރަވީ ފާރޫޤް ގެނެސްދެމުން ދިޔަ ހިޓް ވެބް ސީރީޒް "އެހެނަސް" ވަނީ މިދިޔަ ބުރާސްފަތި ދުވަހު ނިންމާލާފައި އެވެ.

 ދިވެހި ރާއްޖޭ ގައި ވަރަށް އެކަމާ މެދު ވާހަކަ ނުދެކެވޭ އެހެނަސް ހިނގަމުންދާ ކަމެއް ކަމުގައިވާ ފިރިހެން ކުދިންނައް ކުރިމަތި ވާ ޖިންސީ، ނަފްސާނީ އަދި ގެވެށި އަނިޔާ އާއި ބެހޭގުތޮން ހަދާފައިވާ މި ވެބް ސީރީޒް ބެލުންތެރިންނާއި ހަމައަށް ގެނެސް ދޭން ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައިމަހުގެ 16 ވަނަ ދުވަހުއެވެ. 2 ސީޒަން އަކަށް ބަހާލެވިގެން ނެރެވުނު މި ސީރީޒް އަށް ބެލުންތެރިން ގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް  ވަނީ ލިބިފައިއެވެ. ދިވެހި ފިލްމު ތަކުން ކުރިން ނުދެކޭ އެތަށް ބައިވަރު ކަންކަމެއް މި ވެބް ސީރީޒް އިން ފެނިގެން ދެއެވެ.

 މި ސީރީޒް ނިންމާލީ ބެލުންތެރިންނަށް އެތައް ބައިވަރު ފިލާވަޅު ތަކެއް ނަގައިދެމުން ނެވެ. އެ ގޮތުން ދިރިއުޅުމުގައި ދިމާވާ ކޮންމެ މީހަކީވެސް ތިމާ އަށް ދިރިއުޅުމުގެ  އާފިލާވަޅުތަކެއް ދަސްކޮށްދޭ ބައެއް ކަމަށާއި މީހުންނަށް މާފުކުރުމަކީ  ހިތްހަމަޖެހިގެން ހަޔާތާ އެކު ކުރިޔަށް ދާން މަގުފަހި ކޮށްދޭ ކަމެއް ކަމަށްވެސް މި ސިރީސްގައި ބުނެދީފައިވެއެވެ.