އިންޑިއާގެ 68 ވަނަ ޤައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު އެކްޓަރަކަށް އަޖޭ ދޭވްގަން ހޮވިއްޖެއެވެ. މި މަޤާމަށް އަޖޭ ހޮވުނީ 2020 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ތަންހާޖީ"ގެ ރޯލުންނެވެ.
މިއީ އަޖޭ މި އެވޯޑު ހޯދި ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 1998 ވަނަ އަހަރު ފިލްމު "ޒަޚަމް"އިން ވެސް މި އެވޯޑު ހޯދާފައިވާއިރު 2002 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ދަ ލެޖެންޑް އޮފް ބަގަތު ސިންގ"ގައި އަޖޭ ކުޅުނު ރޯލަށް ވެސް މި އެވޯޑު ވަނީ ލިބިފައެވެ.
"މި ފުރުޞަތުގައި އަޅުގަނޑާއެކު މަސައްކަތްކުރި ފަންނީ ޓީމަށާއި ގާތް ތިމާގެ އެންމެންނަށާއި އަދި ހުރިހާ ފޭނުންނަށް ވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." އަޖޭ ބުންޏެވެ.
މިފިލްމަކީ އޯމަ ރައޫތު ޑައިރެކްޓްކޮށް ޓީ-ސީރީޒް އާއި "އޭ.ޑީ.އެފް ފިލްމްލްސް"ގެ ޕްރޮޑަކްޝަންގެ ދަށުން ގެނެސްދިން ފިލްމެކެވެ. 2020 ޖަނަވަރީ 10ގައި ރިލީޒްކުރި "ތަންހާޖީ"ގައި އަޖޭގެ އިތުރުން ކާޖޮލް އާއި ސައިފް އަލީ ޚާން ވެސް ފެނިގެންދެއެވެ. މިއީ ބޮކްސް އޮފީހުގައި ވެސް ވަރަށް ކާމިޔާބުވެގެން ދިޔަ ފިލްމެކެވެ.
68ވަނަ ޤައުމީ ފިލްމް އެވޯޑްސްގެ ބެސްޓް އެކްޓަރަކަށް އަޖޭ ހޮވިފައިވާއިރު ބެސްޓް އެކްޓްރެސްއަކަށް ހޮވިފައިވަނީ އަޕާނާ ބަލަމުރަލީއެވެ.
އިތުރު ބައެއް އެވޯޑުތައް:
01. ބެސްޓް ހިންދީ ފިލްމް: ޓޫލްސިޑާސް ޖޫނިއަރ
02. ބެސްޓް ކަންނާޑާ ފިލްމް: ދޯލޫ
03. ބެސްޓް ތެލޫގޫ ފިލްމް: ކަލަރ ފޮޓޯ
04. ބެސްޓް ބެންގާލީ ފިލްމް؛ އަވިޖަތުރިކް
05. ބެސްޓް ޑައިރެކްޓަރ: ސަޗީ
06. ބެސްޓް ފީޗަރ ފިލްމް: ސޫރަރާއި ޕޮތުރޫ
އަޖޭގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "މައިދާން" އާއި "ތޭންކް ގޯޑް" އަދި "ޑްރިޝްޔަމް 2"ގެ އިތުރުން "ބޯލާ" ހިމެނެއެވެ.
