ދިވެހި ރާއްޖޭގައިވެސް ހިސާބަކަށް ހެދޭ އަތައަކީ އޭގެ ރަހަ މީރު މޭވާއެކެވެ. އަތައިގެވެސް އެކި އާއިލާތައް ހުންނަ އިރު އެއިން ކޮންމެ އާއިލާއެއްގެ އަތައަކީވެސް އަނގައަށް މީރު އެއްޗެކެވެ. އެތެރޭގައި ފުށް އަރާފައިވާ މަޑު ހެވެލިކޮޅެއް އޭގައި ވާއިރު، އެތެރޭގައި އޮށްތަކެއްވެސް ވެއެވެ. މި ލިޔުމުގައި މި ބަލާލަނީ އަތައިން ލިއްބައިދޭ ބައެއް ފައިދާ ތަކަށެވެ.

އަތައަކީ އޭގައި ގިނަ އަދަދަކަށް އެންޓި އޮކްސިޑަންޓްސް އެކުލެވޭ މޭވާއެކެވެ. އެގޮތުން ކެރަޓޮނައިޑް އާއި ލޫޓެން ނަމަކަށް ކިޔާ ދެ މާއްދާ ގިނަ އަދަދަކަށް ހުރެއެވެ. ލޫޓެން އަކީ އެންޓިއޮކްސިޑަންޓުގެ ބާރުގަދަ މާއްދާއެކެވެ. ކެރަޓޮނައިޑް އަކީ އޭގެ ސަބަބުން ލޮލުގެ ފެނުމަށް ފައިދާ ކުރާ މާއްދާއެކެވެ. އެންޓިއޮކްސޮޑެންޓް އަކީ އޭގެ ސަބަބުން ހަށިގަނޑުގައި ދިގުމުއްދަތަށް ހިނގާ އިންފެކްޝަންތަކާއި ދެކޮޅަށް މައްސައްކަތްކޮށް ހަށިގަނޑުން ވިހަ ބޭރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

ވިޓަމިން ބީ6 ގިނަ އަދަދަކަށް އެކުލެވޭ މޭވާތަކުގެ ތެރޭގައި އަތަ ހިމެނެއެވެ. 160 ގުރާމު އަތައިގެ 24 އިންސަތަ ހިއްސާ ކުރަނީ ވިޓަމިން ބީ6 ކަމަށް ދިރާސާވެރިން ފާހަގަ ކުރެއެވެ. ވިޓަމިން ބީ6 އަކީ ހިއްސީ ނާރުތަކުގެ ދުޅަހެޔޮކަން އިތުރުކޮށްދީ މެސެޖު ދައުރުން އަވަސްކޮށްދޭ މާއްދާއެކެވެ. އަދި ހިތްހަޖެހުމާއި އުވާފެރިކަން އިހުސާސްކުރުވާ ދެ ހޯމޯން ކަމަށްވާ ސެރޮޓޮނިން އާއި ޑޮޕަމިންގެ ދައުރު ބޮޑުކޮށްދީ ފުޅާކޮށްދޭން ވެސް މި މާއްދަަ އެހީތެރިވެދެއެވެ.

އަތައިގައި ހުންނަ މެގްނީޝިއަމް އާއި ޕޮޓޭސިއަމްގެ މާއްދާ ތަކަކީ އޭގެ ސަބަބުން ލޭގެ ޕުރެސަރު އެއް މިންގަނޑެއްގައި ހިފަހައްޓައި ދިނުމަށް އެހީތެރިވެދޭ ދެ މާއްދާއެވެ.

160 ގުރާމު އަތައިގެ 17 އިންސައްތަ އަކީ ފައިބަރުގެ މާއްދާއެވެ. އެހެންކަމުން މިއީ ހަޖަމުގެ ނިޒާމުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ހަޖަމަށް ފަސޭހަކޮށްދޭނޭ މޭވާއެކެވެ.

ލެބޯޓަރީތަކުގައި ކުރެވޭ ދިރާސާތަކުން ދައްކާ ގޮތުގައި އަތައިގައި ހުންނަ ފްލެވޮނޮއިޑްސް އާއި ކެޓެޗިން އަދި އެޕިކެޓެޗިން އަދި އެޕިގެލޯކެޓެޗިންގެ މާއްދާތަކަކީ ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާބިލުކަން ލިބިފައިވާ މާއްދާތަކެކެވެ. އެގޮތުން ކެންސަރުގެ ހަތާތަށް ބޮޑުވިޔަ ނުދީ މި މާއްދާތަކުން ހިފަހައްޓައިދެއެވެ.

މީގެ އިތުރުން އަދިވެސް ކިތަންމެ ފައިދާއެއް އަތައިން ލިބިދޭނެއެވެ. އަނަގައަށް މީރު މި މޭވާ އަކީ ސިއްހަތަށްވެސް ފައިދާހުރި މޭވާއެކެވެ. އަތަ ރޮލާ ކާއިރު، ފަނިގިރައިގެން ބުއިމަކީވެސް ބައެއްމީހުން އަތަ ބޭނުން ކުރާ ގޮތެކެވެ.