ޑރ. އަބްދުއްސަމަދު ހޮސްޕިޓަލުން ކޮވިޑް-19 އަށް ޓެސްޓު ކުރަން ފަށައިފިއެވެ.
ގދ. ތިނަދޫގައި ހުންނަ އެ ހޮސްޕިޓަލުން ބުނީ ޓެސްޓުކުރަން ފެށީ މިއަދު ކަމަށެވެ. އަދި ދުވާލަކު 48 ސާމްޕަލް ޓެސްޓު ހެދޭނެ ކަމަށެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާއިރު، އައްޑޫސިޓީ އާއި ކުޅުދުއްފުށި ސިޓީ އަދި އުނގޫފާރޫގައިވެސް އަންނަނީ މި ބައްޔަށް ޓެސްޓު ކުރަމުންނެވެ.
މީގެ އިތުރުން ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ފަރުވާދެވޭނެ އިންތިޒާމު ސަރުކާރުން މިހާރު ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ހަމަޖައްސާފައެވެ.
