އެމެރިކާގެ ސޯޝަލް މީޑިއާ ފިޓްނެސް މޮޑެލް އަނާ ޝެރީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފިއެވެ. މީގެ ތިންދުވަސް ކުރިން ރާއްޖޭގެ ލަގްޒަރީ ރިޒޯޓެއް ކަމަށްވާ ކޮކޯޕާމް ދޫނިކޮޅު ރިޒޯޓްގައި ޗުއްޓީ ހޭދަކުރަނިކޮށް ނަގާފައިވާ ފޮޓޯ ތަކެއް އޭނާ ވަނީ އިންސްޓާގްރާމްގައި ޙިއްސާކޮށްފައެވެ. އެޕޯސްޓްގައި އަނާ ވަނީ ކޮކޯޕާމް ރިޒޯޓަށާއި ރިޒޯޓްލައިފް ޓްރެވެލްއަށް ޝުކުރުއަދާކޮށްފައެވެ. އަދި ރާއްޖޭގެ ރީތި މަންޒަރުތައް ދައްކުވައިދޭ ވީޑިއޯތައް ޙިއްސާކުރަމުން އޭނާވަނީ ރާއްޖެއަކީ އޭނާ އަބަދުވެސް ޒިޔާރަތްކޮށްލަން ބޭނުންވާ ގައުމެއްކަމަށާއި މިއީ ދުނިޔެ މަތީގެ ސުވަރުގެއެއް ކަމަށް ފާހަގަކޮށްފައެވެ. އަދި ކުރިން އުންމީދު ކުރިވަރަށްވުރެވެސް ރާއްޖޭގެ ރީތިކަން އެތައް ގުނައެއް ފުރިހަމަކަމަށާއި ރާއްޖެއިން ލިބުނު މެހެމާންދާރީ ދުވަހަކުވެސް ހިތުން ފިލައިގެން ނުދާނެކަމަށްވަނީ ބުނެފައެވެ. 
އަމިއްލަ ކްލޯތްލައިނެއް ކަމަށްވާ ޗެރީފިޓްގެ ވެރިޔާ 34 އަހަރުގެ އަނާ ޝެރީވަނީ ރާއްޖެއަށް ދަތުރުކުރުމަކީ ވަރަށް ރައްކާތެރިކަމެއް ކަމަށާއި ދެވަނަ ފަހަރަށް ރާއްޖެއަށް އައުމަކީ އޭނާގެ ހުވަފެނެއް ކަމަށް ބުނެފައެވެ.