އަޔުޝްމާން ޚުރާނާ އާއި ނުޝްރަތު ބަރޫޗާ ލީޑް ރޯލުން ފެނިގެންދިޔަ 2019 ވަނަ އަހަރުގެ ފިލްމު ޑްރީމް ގާލް އަކީ ވަރަށް ހިޓް ވި ކާމިޔާބު ފިލްމެކެވެ. ލީޑް އެކްޓަރު، އަޔުޝްމާންގެ ޕާފޯމަންސް އަށް ކްރިޓިކްސް އަދި އޯޑިއަންސްގެ ތައުރީފު އޮހިގެންދިޔައެވެ. ޑްރީމް ގާލްގެ ބޮޑު ކާމިޔާބަށްފަހު ސީކުއެލް އެއް އަންނާނެކަން އޮތީވެސް ޔަޤީންވެފައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި މި ފިލްމުގެ ސީކުއެލްއެއް ހމިއަހަރުގެ ފަހުކޮޅު ސިނަމާތަކަށް ނެރޭނެއެވެ.
ނާގިން 6 ގެ އެކްޓަރު ތެޖަސްވީ ޕްރަކާޝް 'ޑްރީމްގަރލް 2' އިން ބޮލީވުޑަށް ތައާރަފްވާން ތައްޔާރުވެފައިވާ ކަމުގެ އަޑުތައް ފެތުރުނުއިރު، ސާރާ އަލީ ޚާންގެ ނަން ވެސް މީގެ ކުރިން ވަނީ ރިޕޯޓްކޮށްފަ އެވެ.
އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުން ޑައިރެކްޓަރު ރާޖް ޝަންޑިލިއާގެ މި ފިލްމުގެ ބަތަލާގެ ރޯލު ލިބިފައިވަނީ އަނަންޔާ ޕަންޑޭއަށެވެ. ދެވަނަ ފިލްމުގެ ފިރިހެން ލީޑުން ފެނިގެންދާނީ ފުރަތަމަ ބައިގައިވެސް ފެނިގެންދިޔަ އަޔުޝްމާން ޚުރާނާ އެވެ.
އެކްޓަރ ޗަންކީ ޕާންޑޭގެ ދަރިފުޅު އަނަންޔާ ޕަންޑޭ ބޮލީވުޑަށް ތައާރަފްވީ ކަރަން ޖޯހަރްގެ 'ސްޓޫޑެންޓް އޮފް ދަ އިޔާ 2' އިންނެވެ. އޭނާ އެންމެ ފަހުން ފެނިގެން ދިޔައީ ފިލްމް 'ގެހްރާއިނޔާ' އިންނެވެ. އަނަންޔާ ދެން އެންމެ އަވަހަށް ބޮޑު ސްކްރީނުން ފެންނާނީ ސައުތު ގެ މަޗްހޫރު ތަރި ވިޖޭ ދޭވެރަކޮންޑާއާ އެކު މި މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާ ކަރަން ޖޯހަރް އަދި ޕޫރީ ޖަގަންނާދުގެ ފިލްމު "ލައިގަރ" އިންނެވެ.
