އާންމުކޮށް ސަޕޯޑިއްލާގެ ނަމުން މަޝްހޫރު "މަނިލްކާރާ ޒަޕޯޓާ" ނުވަތަ ދިވެހި ބަހުންނަމަ ސަބުދެއްޔަކީ، އޭގެ އަސްލު މެކްސިކޯ، ކެރިބިއަން އަދި މެދުތެރޭ އެމެރިކާއަށް ނިސްބަތްވާ ގަހެއް ކަމަށް ބެލެވެ އެވެ. މިއަދު ދުނިޔޭގެ އެހެން ގިނަ ސަރަހައްދުތަކުގައި ވެސް ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރެވެމުންދާއިރު، އޭގެ ތެރޭގައި އިންޑިއާ އަކީ ސަބުދޭލީގެ ދަނޑުވެރިކަން ފުޅާކޮށް ކުރެވޭ އެއް ގައުމެވެ.

މި ގަހުގެ އުސްމިނުގައި ގާތްގަނޑަކަށް 98 ފޫޓު (30 މީޓަރު) އާއި ހަމައަށް ބޮޑުވެ، ވަށައިގެން ނުވަތަ "ބިހެއްގެ" ބައްޓަމަށް ހުންނަ މޭވާތައްކެއް މި ގަހުގައި އަޅައެެވެ.

އުތުރު އެމެރިކާގައި މި މޭވާއަށް އާންމުކޮށް ކިޔަނީ ސެޕޮޑިލާ އެވެ. އިނގިރޭސި، ވެސްޓް އިންޑީސްގައި ނޭސެބެރީ އެވެ. އިންޑިއާގައި ޗިކޫ އެވެ. މެކްސިކޯގައި ޗިކޯޒާޕޯޓް އެވެ. ފްރެންޗް ވެސްޓް އިންޑީސްގައި ސެޕޮޓިލިއާ އެވެ. އަދި ބަހާމާސްގައި ޑިލީ އެވެ.

މި މޭވާގައި މުށިކުލައިގެ، ގަދަ ހަންގަނޑެއް ހުންނައިރު، އާންމުކޮށް 2-3.5 އިންޗި (5-9 ސެންޓިމީޓަރު) ދިގުމިނުގައި ހުންނައިރު، އާންމުކޮށް ބަރުދަނުގައި ހުންނަނީ 2.6-7 އައުންސް (75-200 ގްރާމް) އެވެ. ސަބުދެލީގެ ހެވެލިގަނޑުގެ ކުލައަކީ ރީނދޫ ކުލައިން ފެށިގެން ފަނޑު މުށިކުލައިގެ ކުލައެކެވެ. 

ސަބުދެލި ދޮންވުމުން އެ ދޭ ފޮނި ރަހަ ލިބެނީ، އޭގައި ހަކުރު ގިނަވުމުގެ ސަބަބުންނެވެ. އެއީ އާންމުކޮށް ރޯކޮށް ކާ އެއްޗެއް ނަމަވެސް ބުއިންތަކަށްވެސް ސަބުދެލިން ބުއިން ތައްޔާރު ކުރެއެވެ. ބައެއް ގައުމުތަކުގައި ރޯފިލުވައިގެންވެސް ކައި އުޅެއެވެ.

ސަބުދެލި ގަހުގެ ފަތާއި މޭވާ އަދި ގަހުގެ ތޮށި ފަދަ އެކި ބައިތައް ހަކީމީ ބޭސްވެރިކަމުގައި ބޭނުން ކުރެވެއެވެ. އޭގެ ތެރޭގައި ހުމާއި ރޯގާ އަދި އާތުރައިޓިސް ފަދަ ބަލިތަކަށް ފަރުވާ ދިނުމަށް ބޭނުން ކުރަމުން އަންނަ ކަމަށް ބައެއް ހަކީމީ ފޮއެއްތަކުގައި ވެއެވެ.

މީގެ އިތުރުން ސަބުދެލީގައި ގަސްގަހާގެހީގައި އެކުލެވޭ ފައިދާކުރަނިވި ބާރުގަދަ މާއްދާތަކުގެ (އެންޓިއޮކްސިޑަންޓްސްގެ) އިތުރުން އެތައް ވިޓަމިންތަކާއި މިނަރަލްތަކެއް ހިމެނޭކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން އެ މޭވާ ބޭނުންކުރުމުން ސިއްހަތަށް އެތައް ގޮތަކުން ފައިދާ ލިބިދާނެ އެވެ.

ފައިބަރާއި ވިޓަމިން ސީ އަދި ޕޮޓޭސިއަމްގެ ގެ މާއްދާތަކަކީ ސަބުދެލީގައި ފާހަގަކޮށްލެވޭ ގިނަަ މާއްދާތަކެކެވެ. ފައިބަރުގެ ސަބަބުން ހަޖަމުގެ ނިޒާމުގެ ތަރުތީބު ފަށުއިވެ، އެ ނިޒާމު ހަރުދަނާ ވެގެންދެއެވެ. ވިޓަމިން ސީ ގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމުގައި މަސައްކަތްކުރާ ހުދުލޭ ހަތާތަކުގެ ދުޅަހެޔޮކަން އިތުރުވެ، ދިފާއީނިދާމު ހަރުދަނާ ކޮށްދެއެވެ. ޕޮޓޭސިއަމްގެ ސަބަބުން ހިއްސީ ނާރުތަކުގެ ބާރުގަދަވެ ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށްދެއެވެ. އަދި ލޭގެ ޕުރެސަރު އެއް ހަމައެއްގައި ހިފަހައްޓައި ދިނުމަށްވެސް ޕޮޓޭސިއަމް އެހީތެރިވެދެއެވެ.

ސަބުދެއްޔަކީ އޭގެ ރަހަ މީރު މޭވާއެކެވެ. އޭގާ އެ ދޭ މީރު ފޮނިރަހައިގެ ސަބަބުން އެއަށް "ބްރައުން ޝުގަރ ސްވީޓް" އޭ ވެސް ކިޔާ އުޅެއެވެ. ރޮލާ ކެވޭ މި މޭވާގެ ތޮއްޓަކީ ކައި އުޅޭ އެއްޗެއް ނޫނެވެ. އެތެރޭގައި އޮންނަ ފުއްގަނޑު ނުވަތަ ހެވެލިގަނޑު ކައި އުޅެއެވެ. މިއީ ފަނި ގިރައިގެން ބޯލަންވެސް ދެވަނައެއް ނުވާ މީރު މޭވާއެކެވެ. ފޮނި ރަހަ ގެނުވުމަށް ހަކުރަކީ މި މޭވާގެ ކެއުންތަކާއި ބުއިންތަކުގައި ބޭނުން ކުރަން ޖެހޭނޭ ހެއްޗެއް ނޫނެވެ. އެއަށްވުރެ ސަބުދެލި މާ ފޮންޏެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި (ތައިލެންޓް، ފިލިޕީންސް، އިންޑޮނޭޝިއާ) ފާނުވާ ހަރު ސަބުދެލި ފޮތިކޮށް ކޮށާ، ތެލުލައިގެންވެސް ބޭނުން ކުރެއެވެ. އަދި އަންޒަމާނުކަރައާއި ނައްކަވާރުގައި "ފެމުފޮޅުވައިގެން" ވެސް ސަބުދަލި ބޭނުން ކުރެއެވެ. ނަމަވެސް މިފަދައިން ބޭނުން ކުރަނީ ވަރަށް މަދުންނެވެ. އެއީ އެބައިމީހުންގެ ސަގާފީ ކެއުމެއްގައި ބޭނުން ކުރުމަށެވެ.