ކަރަބާއޯ ކަޕްގެ ތިންވަނަ ބުރުގައި އެންމެ ފަހުގެ ލީގު ޗެމްޕިއަން މެންޗެސްޓާ ސިޓީ އިން މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ޗެލްސީއާ ދެކޮޅަށް ނިކުންނަން ޖެހިއްޖެއެވެ.
މި ދެ ޓީމުގެ މެދުގައި ކުޅެވޭ ތިންވަނަ ބުރުގެ މެޗު އޮންނާނީ އަންނަ ނޮވެންބަރު މަހުގެ 8-10 ހިމެނޭ ހަފްތާގައި ސިޓީގެ އެތިހާދު ސްޓޭޑިއަމްގައެވެ.
ސިޓީ އާއި ޗެލްސީގެ މެޗުގެ އިތުރުން ޕްރިމިއާ ލީގުގައި ވާދަކުރާ ޓީމުތަކުގެ މެދުގައި ކުޅެވިގެންދާ ހަ މެޗެއް މި ފަހަރުގެ ކަރަބާއޯ ކަޕްގެ ތިންވަނަ ބުރުގައި ފެނިގެންދާނެ އެވެ.
މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ލިވަޕޫލުން ތިންވަނަ ޑިވިޝަނުގެ ޑާބީ ކައުންޓީއާ ދެކޮޅަށް ނިކުންނައިރު، މެންޗެސްޓާ ޔުނައިޓެޑް ނިކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.
42 އަހަރަށްފަހު އާސެނަލުން ފުރަތަމަ ފަހަރަށް މި މުބާރާތުގައި ބްރައިޓަންއާ ދެކޮޅަށް ނިކުންނައިރު، ވާދަވެރި ޓޮޓެންހަމް ހޮޓްސްޕާ ރަށުން ބޭރުގައި ނިކުންނާނީ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށެވެ.
މި މުބާރާތުގައި ކުޅެވޭ އިތުރު މެޗުތަކުގެ ތެރޭގައި، ވުލްވްސްގެ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ނިކުންނައިރު ނިއުކާސަލް ޔުނައިޓެޑް ނިކުންނާނީ ކްރިސްޓަލް ޕެލަސްއާ ދެކޮޅަށެވެ. އަދި ބޯންމައުތުގެ ދަނޑުގައި އެވަޓަންއާ ދެކޮޅަށް އެ ޓީމު ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.
ކަރަބާއޯ ކަޕް ތިންވަނަ ބުރުގެ މެޗުތައް:
ލެސްޓާ ސިޓީ - ނިއުޕޯޓް ކައުންޓީ
ވެސްޓް ހޭމް ޔުނައިޓެޑް - ބްލެކްބާން ރޯވާސް
ވުލްވްސް - ލީޑްސް ޔުނައިޓެޑް
ނޮޓިންހަމް ފޮރެސްޓް - ޓޮޓެންހަމް ހޮޓްސްޕާ
މެންޗެސްޓާ ޔުނައިޓެޑް - އެސްޓަން ވިލާ
ބޯންމައުތު - އެވަޓަން
ލިވަޕޫލް - ޑާބީ
ބާންލީ - ކްރޯލީ
ބްރިސްޓޯލް ސިޓީ - ލިންކަން
މެންޗެސްޓާ ސިޓީ - ޗެލްސީ
ސްޓީވެނާޖް - ޗާލްޓަން އެތުލެޓިކް
އެމްކޭ ޑޮންސް - މޯރކޭމްބޭ
ނިއުކާސަލް - ކްރިސްޓަލް ޕެލަސް
ސައުތެމްޓަން - ޝެފީލްޑް ވެނިސްޑޭ
އާސެނަލް - ބްރައިޓަން
ބްރެންޓްފޯޑް - ގިލިންހަމް
