އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އަދި އަނބިކަނބަލުން މިލޭނިއާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.
އެކަން ހާމަކުރައްވާ ޓްރަމްޕު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޓެސްޓުގެ ނަތީޖާ ލިބުނީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ. އަދި މިހާރު ތިއްބެވީ ކަރަންޓީނުގައި ކަމަށެވެ.
ވައިޓް ހައުސްގެ ތަރުޖަމާން ވިދާޅުވީ ޓްރަމްޕާއި އަނބިކަނބަލުން ކަރަންޓީނުގައި ތިއްބެވީ ވައިޓް ހައުސް ގައި ކަމަށާއި ހާލުކޮޅު ރަނގަޅު ކަމަށެވެ.
މެޑިކަލް ޓީމާ ހަވާލާދެއްވާ ތަރުޖަމާން ވިދާޅުވީ ވެރިކަމުގެ ކަންކަން ޒިންމާދާރު ކަމާއެކު ޓްރަމްޕަށް މިހާރުވެސް ކުރެއްވޭނެ ކަމަށާއި ހާލުކޮޅު ވަރަށް ގާތުން ބަލަމުން އަންނަކަމަށެވެ.
މީގެ ކުރިން ދެފަހަރަކުވެސް ޓްރަމްޕު ވަނީ ކޮވިޑަށް ޓެސްޓު ކުރައްވާފަ އެވެ. ނަމަވެސް އެ ދެފަހަރުވެސް ނަތީޖާ ދެއްކީ ނެގެޓިވް ކޮންނެވެ.
މިފަހަރު ޓްރަމްޕު ޓެސްޓު ކުރެއްވީ ޑައިރެކްޓް ކޮންޓެކްޓެއްގެ ގޮތުގައި ކަރަންޓީނުވާން ޖެހުމުން ނެވެ.