ބައިނަލްއަގުވާމީ 'އީޓް އެން އެޕަލް ޑޭ' ފާހަގަކުރުމުގެ ގޮތުން އެސްޓީއޯ އިން ހިލޭ އާފަލު ބެހުމުގެ ހަރަކާތެއް މިއަދު ބާއްވައިފިއެވެ.
އެސްޓީއޯ ޕާކުގައި މިއަދު ހަވީރު 4 އިން 6 އަށް ކުރިއަށްގެންދިޔަ ހަރަކާތުގެ ބޭނުމަކީ ދުޅަހެޔޮ ސިއްހަތެއް ޕްރޮމޯޓްކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯގެ ހެޑް އޮފީހުގެ ފަހަތުގައި އޮންނަ އެސްޓީއޯ ބަސް ސްޓޭންޑް ކުރިމަތީގައި އޮންނަ މި ޕާކުގައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ ކަސްރަތުކުރުމުގެ ސާމާނު ވެސް ހަރުކޮށްފައި ހުރެއެވެ.
މި ހަރަކާތް ކުރިއަށްދިޔަ ވަގުތުތަކުގައި އެސްޓީއޯ ޕާކަށް ދިޔަ މީހުންގެ އިތުރުން އެ ތަނުގެ ކައިރިން ދުއްވާފައިދިޔަ މީހުންނަށް ވެސް އެސްޓީއޯގެ މުވައްޒަފުން ވަނީ އާފަލު ބަހައިފައެވެ.
Good day to all, happy eat an apple day!
— STO (@stoplc) September 17, 2022
To mark the occasion we are handing over free apples in STO Park (West Park area) today. pic.twitter.com/iVX34yQXum
އެސްޓީއޯ އިން ހިލޭ ދެނީ، އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކަމުން އަންނަ އާފަލުގެ ބާވަތްތަކުގެ ތެރެއިން؛ ޕިންކް ލޭޑީ، ކުއީން އެޕަލް، ޕްރިންސް، ރޯޔަލް ބިއުޓީ އަދި ފެހި އާފަލެވެ.
އާފަލުން ލިބޭ ފައިދާތަކުގެ ތެރޭގައި، ލޭގެ ޕްރެޝަރު އެއް ލެވެލްއެއްގައި ބަހައްޓައިދިނުމާއި، ކޮލެސްޓްރޯލް މަތިވިޔަނުދީ އެއްވަރެއްގައި ބެހެއްޓުމުގެ އިތުރުން އޭގައި ހިމެނޭ ފައިބާގެ ޒަރިއްޔާއިން ހަޖަމުކުރުމުގައި އެހީތެރިވެދެއެވެ.
އާފަލަކީ ސިއްހީ ގޮތުން ނުހަނު ގިނަ ފައިދާތަކެއް ލިބޭ މޭވާއަކަށް ވުމުން، އެސްޓީއޯގެ ފަރާތުން ވެސް އާއްމުންގެ ފަރާތުން އެދެނީ ކޮންމެ ދުވަހަކު އާފަލެއް ކެއުމަށް އާދަކުރުމަށެވެ.
