ރަންބީރް ކަޕޫރާއި އާލިއާ ބަޓް ލީޑް ރޯލުން ފެނިގެންދާ، ޑައިރެކްޓަރ އަޔާން މުކަރްޖީގެ ފިލްމު، "ބްރަމަސްތްރާ: ޕާޓް ވަން" ބޮކްސް އޮފީހުގައި ފުރަތަމަ ހަފްތާގައި ރަނގަޅު ކާމިޔާބެއް ހޯދިއެވެ. ޓިކެޓް ކައުންޓަރުތައް ބިޒީކޮށްލި މި ފިލްމުވެގެން ދިޔައީ މިއަހަރު ގްލޯބަލް ބޮކްސްއޮފީހުގަ އެންމެ ކާމިޔާބު ފުރަތަމަ ހަފްތާ ކިބުނު ހިންދީ ފިލްމަށެވެ. ދެވަނަ ހަފްތާވެސް ފެށިގެން މިދިޔައި މިފިލްމަށް ވަރަށް ރަނގަޅަށެވެ. އެގޮތުން ފާއިތުވީ ހަފްތާބަންދުގައިވެސް ރަނގަޅު އާމްދަނީއެއް ފިލްމަށް ލިބިގެންދިޔައިރު، މިއަދުގެ ނިޔަލަށް 200 ކްރޯޑް ރުޕީސް މާކް ފަހަނައަޅާ ދާނެކަމަށް ވަނީ ލަފާކުރެވިފައެވެ.

ފިލްމަށް ލިބުނު އާމްދަނީ

1 ވަނަ ދުވަސް – 35.5 ކްރޯޑް ރުޕީސް

2 ވަނަ ދުވަސް – 41 ކްރޯޑް ރުޕީސް

3 ވަނަ ދުވަސް – 42.5 ކްރޯޑް ރުޕީސް

4 ވަނަ ދުވަސް – 16 ކްރޯޑް ރުޕީސް

5 ވަނަ ދުވަސް – 12.75 ކްރޯޑް ރުޕީސް

6 ވަނަ ދުވަސް – 10.25 ކްރޯޑް ރުޕީސް

7 ވަނަ ދުވަސް - 9 ކްރޯޑް ރުޕީސް

8 ވަނަ ދުވަސް – 9.25 ކްރޯޑް ރުޕީސް

9 ވަނަ ދުވަސް - 15 ކްރޯޑް ރުޕީސް

ޖުމްލަ - 191.25 ކްރޯޑް ރުޕީސް (ހިންދީ ޑަބްކޮށްފައިވާ ވަރޝަންއަށް: 170.25 ކްރޯޑް ރުޕީސް އަދި އެހެންބަސްތަކުން ޑަބްކޮށްފައިވާ ވަރޝަންތަކަށް 21 ކްރޯޑް ރުޕީސް)

ބްރަމަސްތްރާ އަކީ ތިން ފިލްމުގެ މައްޗަށް އެކުލެވިގެންދާނެ ޓްރިލިއޮޖީއެކެވެ. މާނައަކީ އަދި މީގެ ދެ ފިލްމު ރިލީޒްކުރާނެއޭއެވެ. އެގޮތުން ދެވަނަ ފިލްމު 2025 ވަނަ އަހަރު ފަހުކޮޅު ނެރެން ނިންމާފައިވާކަމަށް ޑައިރެކްޓަރ އަޔާން މުކަރްޖީ ވަނީ ބުނެފައެވެ.