ބޮލީވުޑްގެ ތަރި ރިތިކް ރޯޝަން އޭނާގެ 25 ވަނަ ފިލްމު ރިލީޒްކުރަން ތައްޔާރުވެއްޖެއެވެ. މިމަހު 30ގައި ރިލީޒްކުރަން ހަމަޖެހިފައިވާ މިފިލްމު "ވިކްރަމް ވޭދާ"އަށް އޮތް އުއްމީދު ބޮޑު ކަމަށް ބުނެ ފިލްމުގެ ޕްރޮމޯޝަން މަސައްކަތުގައި އުޅެމުން ރިތިކް ވަނީ ވާހަކަ ދައްކައިފައެވެ.
އެގޮތުން ރިތިކް ބުނެފައިވަނީ ބެލުންތެރިންގެ ފަރާތުން މިފިލްމަށް ލޯބި ބޭނުންވާ ކަމަށާއި ވީހާވެސް ގިނަ ބަޔަކު ފިލްމު ބެލުން އެދޭ ކަމެވެ. އަދި ދެން އިތުރަށް ހުރި ވާހަކަތައް ދައްކާނީ ފިލްމު ބެލުމަށްފަހުގައި ކަމަށް ވެސް ބުނެފައިވެއެވެ.
މިފިލްމަކީ 100 ޤައުމެއްގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމެކެވެ. އެހެނީ މިއީ މިހާ ގިނަ ޤައުމުތަކެއްގައި މިހާ ބޮޑު އޯޑިއަންސަކަށް ހިންދީ ފިލްމެއް ދައްކާލާ ފުރަތަމަ ފަހަރެވެ. ފިލްމު އަޅުވަން ހަމަޖެހިފައިވާ ބައެއް ޤައުމުތަކުގެ ތެރޭގައި އިންގްލެންޑާއި ނިއުޒިލޭންޑް، އަދި އުތުރު އެމެރިކާގެ އިތުރުން އޮސްޓްރޭލިއާ އާއި ޖަޕާން އަދި ރަޝިޔާ ވެސް ހިމެނެއެވެ. ހަމަ މިއާއެކު ޔޫރަޕުގެ ޤައުމުތަކާއި އެފްރިކާގެ 27 ޤައުމެއްގައި ވެސް "ވިކްރަމް ވޭދާ" ރިލީޒްކުރާނެއެވެ.
View this post on Instagram
މިއީ ޕުޝްކަރު ގަޔަތުރީ ލިޔެ ޑައިރެކްޓްކޮށްފައިވާ އެކްޝަން/ތުރިލަރ އެކެވެ. މިފިލްމުގައި ކާއްޞަ ރޯލަކުން ސައިފް ޢަލީ ޚާން ވެސް ފެނިގެންދާނެއެވެ.
