ގިނަ ދުވަސަތަކެއްގެ މެދުކެނޑުމަކަށްފަހު އެކްޓަރު ސަނީ ޑިއޯލް ފެނިގެންދިޔަ ފިލްމު "ޗުޕް"އަށް ބޮކްސް އޮފީހުގައި ލިބެމުންދާ ތަރުޙީބު ރަނގަޅު ކަމަށް ބުނެފިއެވެ. ފިލްމު ސިނަމާގައި އެޅުވި ދުވަހަކީ އިންޑިއާގެ ޤައުމީ ސިނަމާ ދުވަހަށް ވުމާއެކު އެދުވަހުގެ ޓިކެޓުގެ އަގުހެޔޮކުރި ކަމީ ވީހާ ވެސް ގިނަ ބަޔަކު ފިލްމު ބަލަން ވަތް ސަބަބަކަށެވެ. 

މާބޮޑު ޕްރޮމޯޝަނަކާނުލައި ފިލްމު ރިލީޒްކުރިއިރު އެންމެ ފުރަތަމަ ދުވަހުގެ އާމްދަނީއަކަށް 03 ކްރޯޑް ރުޕީސް ލިބިގެން ދިޔުމަކީ ޕްރޮމޯޝަންގައި ކުރެވުނު މަސައްކަތާ އަޅާ ބަލާއިރު ރަނގަޅު ކާމިޔާބީއެއްކަމަށްވެއެވެ. އަދި ހަމައެހެންމެ ފިލްމު ބަލަން ވަތް ގިނަ ބެލުންތެރިންގެ ފަރާތުން ލިބެމުންދާ ފައްސިި ކޮމެންޓްތަކަށް ބަލާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ފިލްމަށް ލިބޭ ތަރުޙީބު ބޮޑުވެގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.

ސަނީ ޑިއޯލް އެންމެ ފަހުން ފެނިގެންދިޔައީ 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް"އިންނެވެ.

ދުލްގާރު ސަލްމާނާއި ސަނީ ޑިއޯލް މައިގަނޑު ރޯލުތަކުން ފެންނަ މިފިލްމާ މިވަޤުތު ބޮކްސް އޮފީހުގައި ވާދަކުރަމުންދަނީ "ބުރަމަސްތުރާ"އެވެ. އެގޮތުން "ބުރަމަސްތުރާ"އަށް ވެސް ދަނީ ވަރަށް ބޮޑުތަނުން ބެލުންތެރިންގެ ތަރުޙީބު ލިބެމުންނެވެ. 

ބަލްކީ ޑައިރެކްޓްކޮށް ގެނެސްދޭ މިފިލްމަކީ ސައިކޯ/ތުރިލަރ އެކެވެ.