ބޮލީވުޑްގެ ޒުވާން ތަރި ޓައިގަރ ޝްރޮފްގެ ފޭވަރިޓު ސައުތު އިންޑިއަން އެކްޓަރަކީ އައްލޫ އަރްޖުން ކަމަށް ބުނެފިއެވެ.
ޓައިގަރ ޝްރޮފް މިހެން ބުނެފައިވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ފޭނުން ސުވާލުކުރުމަށް އިއްޔެ ހުޅުވާލި ފުރުޞަތުގައި މީހަކު އޭނާއަށް ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ. އެގޮތުން އޭނާއަށް ކުރިމަތިވި ސުވާލަކީ ސައުތު އިންޑިއަން އެކްޓަރުންގެ ތެރެއިން އެންމެ ކަމުދާ އެކްޓަރަކީ ކޮބައިތޯއެވެ. ޖަވާބުގައި އޭނާ ބުނެފައިވަނީ "އައިކޯނިކް ސްޓާރ، އައްލޫ އަރްޖުން" މިހެންނެވެ.

ޓައިގަރ ޝްރޮފްއަކީ 2014 ވަނަ އަހަރު ރީލީޒްކުރި ފިލްމު "ހީރޯޕަންތީ"އިން ބޮލީވުޑަށް ތަޢާރަފުވި ތަރިއެކެވެ. އޭގެ ފަހުން ވެސް 8 ފިލްމަކުން އޭނާ ފެނިފައިވެއެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ އަޙްމަދު ޚާން ޑައިރެކްޓްކޮށް ގެނެސްދިން ހީރޯޕަންތީގެ ސީކުއެލް "ހީރޯޕަންތީ 2"އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމަކީ "ގަނާޕަތު"އެވެ. އަދި "ބާޣީ 4" ވެސް ކުރިއަށް އޮތް ކަމަށް މީގެ ކުރިން ވަނީ ކޮންމެވެސް ވަރަކަށް އަޑު ފެތުރިފައެވެ.
View this post on Instagram
