ޓީޗަރސް ޑޭ ޚާއްޞަ ހަދިޔާ ޕްރޮމޯޝަނެއް ކައިލާން ޓްރެންޑްސް އިން ފަށައިފިއެވެ. ދުނިޔޭގެ ޓީޗަރުންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު އޮކްޓޯބަރ މަހުގެ 5 ވަނަ ދުވަސް ކުލަގަދަ ގޮތަކަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަ ކުރެއެވެ. އަދި މިދުވަހަކީ ހުރިހާ ސްކޫލް ކުދިންނަށާއި، ޓީޗަރުންނަށާއި އަދި ބެލެނިވެރިންނަށް ވަރަށް ޚާއްޞަ ދުވަހެކެވެ. އަދި މިދުވަހު ކޮންމެ ދަރިވަރަކުވެސް އެދަރިވަރުގެ ޓީޗަރަށް ހަދިޔާއެއް ދިނުމަކީ ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ. އެހެން ކަމުން ކައިލާން ގްރޫޕްގެ ފަރާތުންވެސް ކޮންމެ އަހަރަކުވެސް މިދުވަސް ފާހަގަ ކުރުމަށާއި، ބެލެނިވެރިންނާއި ދަރިވަރުންނަށް އެކަށީގެންވާ އަގެއްގައި ޓީޗަރުންނަށް ދޭނެ ޚާއްޞަ ހަދިޔާއެއް ތަފާތު އެކި އަގުތަކުގައި ވަގުތުން ލިބޭނެ އިންތިޒާމު ހަމަޖައްސައެވެ.

ކައިލާން ޓްރެންޑްސް އިން ލިބޭ ޓީޗަރުންގެ ހަދިޔާ ޕެކްތައް ހުންނާނީ ރީތިކޮށް ޕެކްކޮށް، ވަގުތުން ގެންދެވޭގޮތަށެވެ.  ބެލެނިވެރިންނާއި ދަރިވަރުންނަށްވެސް މާ ބޮޑު ތަކުލީފަކަށް ނުވާނޭފަދަ އެކަށީގެންވާ ތަފާތު އަގުތަކުގައި ހުންނަ މި ޕެކްތަކުގެ އިތުރުންވެސް ދަރިވަރުންނާއި ބެލެނިވެރިން ބޭނުންވާ ގޮތަކަށް ކަސްޓަމައިޒްކޮށްވެސް ހަދިޔާ ޕެކް ހަދާލެވޭނެއެވެ. އަދި ހަމަ އެއާއެކު ގިނަ ޢަދަދަކަށް އެއްފަހަރާ އޯޑަރުކޮށްލެއްވުމުން ކަސްޓަމަރ ބޭނުންވާ ގޮތަކަށް ހަދިޔާ ޕެކްތައް ތައްޔާރުކޮށްދީ އެދިވަޑައިގަންނަވާ ތަނަކަށް ގެންގޮސްވެސް ދެވޭނެއެވެ.

ކައިލާން ޚާއްޞަ ހަދިޔާ ޕެކްތައް ލިބިވަޑައިގަންނަވާނީ ކައިލާން ޓްރެންޑްސް ނުވަތަ ކައިލާން ހޯލްސޭލް ސެންޓަރުންނެވެ. ކައިލާން ޓްރެންޑްސް ހުންނާނީ ގަލޮޅު ބޮޑުރަސްގެފާނު މަގު ސްޓެލްކޯ ކުރިމަތިން އޮންނަ މަގު ކޮޅުގައެވެ. ކައިލާން ހޯލްސޭލް ސެންޓަރގެ ފޯން ނަންބަރަކީ 7986474 އެވެ.