ސްޓާ ފްރުޓް ނުވަތަ ކެރަމްބޯލާ ނުވަތަ ދިވެހި ބަހުން ނަމަ ކާމަރަނގަ އަކީ ފަސް ކަފީގެ ތަރިއެއްގެ ބައްޓަމަށް ހުންނަ ފޮނި އަދި ހުތް މޭވާއެކެވެ.

ކާމަރަނގައިގެ ތޮއްޓަކީ ކާން ފަސޭހަ ތޮއްޓަކަށް ވާއިރު، ކާމަރަނގައިގެ އެތެރޭގެ ފުށްގަނޑުގައި، ހުތް ފޮނި ރަހައެއް ހުރުމުން ގިނަ އަދަދެއްގެ ކެއުންތަކުގައި ކާމަރަނގަ ބޭނުން ކުރެވެއެވެ. މި މޭވާގެ ކުލައަކީ ރީނދޫ ނުވަތަ ފެހިކުލައެވެ.

ކާމަރަނގަ އަކީ ގިނަ ކެވެނީގެ މާއްދާތައް އެކުލެވޭ ލާމަސީލު މަސްދަރެކެވެ. ޚާއްސަކޮށް ފައިބަރާއި ވިޓަމިން ސީ އެވެ.

މި ބަލާލަނީ މެދު ވަރެއްގެ ކާމަރަނގައެއްގައި ހުންނާނެ ކެވެނީގެ މާއްދާތަކުގެ މިންވަރަށެވެ. އެގޮތުން: 

. ފައިބަރ: 3 ގްރާމް

. ޕްރޮޓީން: 1 ގްރާމް

. ވިޓަމިން ސީ: އާރުޑީއައިގެ %52 

. ވިޓަމިން ބީ5: އާރްޑީއައިގެ %4

. ފޯލެޓް: އާރުޑީއައިގެ %3 

. ކޮޕަރ: އާރުޑީއައިގެ %6

. ޕޮޓޭސިއަމް: އާރުޑީއައިގެ %3 

. މެގްނީޒިއަމް: އާރްޑީއައިގެ %2 

ކާމަރަނގައިގާ އެހެން މާއްދާތަކެއް އެކުލެވިގެންވާތީ އެ މެވާ އިތުރަށް "ދުޅަހެޔޮވެގެން" ދެއެވެ. އެހެނީ ކާމަރަނގައަކީ، ކުއެރސެޓިން، ގެލިކް އެސިޑް، އަދި އެޕިކެޓެޗިން ފަދަ ސިއްހަތަށް ފައިދާހުރި ގަސްގަހާގެހި ލިބޭ މާއްދާތަކުގެ މޮޅު މަސްދަރެކެވެ.

މި މާއްދާތަކުގައި ބާރުގަދަ އެންޓިއޮކްސިޑެންޓްގެ ތާސީރެއް އެކުލެވިގެންވާއިރު ސިއްހީ ގޮތުން ތަފާތު ފައިދާތަކެއް ލިބިގެންދެއެވެ.

ކާމަރަނގައިގާ ހިމެނޭ ގަސްހަގާ ގެހިން ލިބޭ މާއްދާތަކުގެ ސަބަބުން ފެޓީ ލިވަރ އަދި ކޮލެސްޓްރޯލް އިތުރުވުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

އަދި ފުރަމޭގައި ކެންސަރު އުފެދި ފެތުރުނަ ނުދިނުމަށް އެހީތެރިވެދޭ މާއްދާތަކެއްވެސް ވާކަމަށް ދިރާސާތަކުން ދައްކައެވެ.

އަދި މިނޫނަސް ކާމަރަނގައިން ލިބޭ ފައިދާތައް ގިނަގުނައެވެ. މިއީ އެ މޭވާއެއްގައި ފެނުގެ އިންސައްތަ ގިނަ މޭވާއެކެވެ. ކާމަރަނގައިގާ ފަނި ގިރައިގެން އެއްބަޔަކު ބޯ އިރު، އަނެއްބަޔަކު އެކި ތަފާތު ފޮނި ކާތަކެރި ތައްޔާރު ކުރުމުގައި ކާމަރަނގަ ބޭނުން ކުރެއެވެ. އަދި އިންޑޮނޭޝިއާ ތައިލޭންޑް ފަދަ ގައުމު ތަކުގައި ކާމަރަނގައިގާ ރިހަވެސް ކައްކާފައި ހުރެއެވެ.

ކޮންމެއަކަސް މިފަދަ ޤުދުރަތީ މޭވާ ތަކަކީ އޭގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް ތަފާތު އެތައް ފައިދާތަކެއް ކުރުވާނޭ މޭވާތެކެކެވެ. ކާމަރަނގައިގެ ރީތި ބައްޓަމާއި އޭގާ އެ ދޭ ފޮނި ހުތް ރަހައިގެ ސަބަބުންނާ އަދި ލިބިދާ ފައިދާތަކުގެ ސަބަބުން މިއީ ކާން ވަރަށްވެސް ކަމުދާ މޭވާ އެކެވެ.