އެކްޝަން ތުރިލަރ ފްރެންޗައިސް "ދޫމް"އަކީ އަބަދުވެސް މީޑިއާ ތަކުގައި އޭގެ 04 ވަނަ އިންސްޓޯލްމަންޓެއްގެ ވާހަކަ އެކި ގޮތަށް ދެކެވެމުން އަންނަ ފިލްމެކެވެ. "ދޫމް"ގެ 03 ފިލްމެއް މިހާތަނަށް ނެރެފައިވާއިރު މި 03 ފިލްމު ވެސް ވެގެން ދިޔައީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު 03 ފިލްމަށެވެ. އެހެންކަމުން ފިލްމުގެ ފޭނުން ދަނީ 04 ވަނަ ފިލްމަކަށް އަބަދުވެސް އިންތިޒާރު ކުރަމުންނެވެ.
"ދޫމް"ގެ 04 ވަނަ ފިލްމެއްގެ އެއްވެސް ވާހަކައެއް އަދި ޚަބަރެއް ވެސް ރަސްމީކޮށް އަދި އިޢުލާން ކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ފޭނުންގެ މެދުގައި ދަނީ އެ ފިލްމުގެ މައިގަނޑު ރޯލުން ފެނިގެންދާނެ މީހަކާ ބެހޭ ގޮތުން އެކި ގޮތް ގޮތަށް ވާހަކަ ދެކެވެމުންނެވެ. އެގޮތުން "ދޫމް 4"ގެ ހީރޯއަކީ އަކްޝޭ ކަމަށް ބައެއް މީހުން ބުނަމުން ގެންދާއިރު އެ ރޯލު ކުޅޭނީ ރަންވީރު ސިންގ އޭ ވެސް ބައެއް މީހުން ބުނެއެވެ. "ދޫމް 03"ގެ މައި ރޯލުތަކުން ފެނިގެންދިޔައީ އާމިރު ޚާނާއި އަބީޝޭކް ބައްޗަން އަދި ކެޓްރީނާ ކެއިފެވެ.
މިފަހަރު ފޭނުންގެ ނަޒަރު ހުއްޓުނީ މިމަހުގެ 26 ވަނަ ދުވަހު ރިލީޒްކުރި، ކަންނާޑާ ފިލްމެއްގެ ޓްރެއިލަރއިން ފެނުނު ދޫމް 4ގެ ޕޯސްޓަރަކަށެވެ.
#Salmankhan in #Dhoom4
— ★彡 ???ℝ??? 2.0 彡★ (@Starboy__02) September 26, 2022
Courtesy - #BanarasThefilm Kanada Time travel movie
?? pic.twitter.com/yfBKQbdt4g
ޓްވިޓާގައި މިކަމާ މެދު ފޭނުންގެ މެދުގައި ވާހަކަ ދެކެވެމުން ދާއިރު ބައެއް މީހުން ބުނަނީ "ބަނަރާސް"ގެ ޓްރެއިލަރގައި އެ ފެންނަ ޕޯސްޓަރަކީ 'ފޭންމޭޑް' ޕޯސްޓަރެއް ކަމަށާއި "ދޫމް 4"އަށް އަކްޝޭ ކުމާރު ވަނީ ކޮންފޯމްވެފައި ކަމަށެވެ. ނަމަވެސް އިތުބާރުކުރެވޭ އެއްވެސް ފަރާތަކުން މިކަން ޔަޤީން ކޮށްދީފައެއް އަދި ނުވެއެވެ.
#Dhoom4 poster ? Banaras movie trailer @yrf
— Rashid Khan ??? #tiger3 (@RashidKhan567) September 27, 2022
#SalmanKhan? pic.twitter.com/IianhobTHT
ސަލްމާން ޚާން މިވަޤުތު މަސައްކަތް ކުރަމުން ދަނީ "ގޯޑްފާދަރ" ނިންމުމުގައެވެ. އަދި މިއަހަރުގެ ޑިސެމްބަރު މަހަށް "ކިސީ ކީ ބާއީ ކިސީ ކީ ޖާން" ތައްޔާރުކުރަމުން ދާއިރު އަންނަ އަހަރުގެ އެޕްރީލު 21ގައި "ޓައިގަރ 3"ވެސް ރިލީޒްކުރަން ވަނީ ނިންމައިފައެވެ.
