އަލަނާސި އަކީ މީރު އަދި ސިއްހަތަށް ފައިދާހުރި "ޓްރޮޕިކަލް" މޭވާއެކެވެ. އެއީ ކެވެނީގެ މާއްދާތަކާއި، އެންޓިއޮކްސިޑެންޓްސް، އަދި ދުޅަހެޔޮކަމާއި ބަލިތަކުން ރައްކާތެރިކޮށްދޭ "އެންޒައިމް" ތަކާއި ފައިދާހުރި އެތައް "ކޮމްޕައުންޑްތަކުން" ފުރިފައިވާ މޭވާއެކެވެ.
އަލަނާސީގައި ފޮސްފަރަސް، ޒިންކް، ކެލްސިއަމް، އަދި ވިޓަމިން އޭ އަދި ކޭ އެކުލެވިގެންވެއެވެ. ހޯދިފައިވާ ހޯދުންތަކުން އެނގޭގޮތުގައި މި މޭވާއަކީ ވަކިން ޚާއްޞަކޮށް ވިޓަމިން ސީ އާއި މެންގަނީޒް އެކުލެވޭ މޭވާއެކެވެ. ވިޓަމިން ސީ އަކީ ދިފާއީ ނިޒާމުގެ ސިއްހަތު ވަރުގަދަކޮށްދީ، ދަގަނޑުގެ މާއްދާ ލޭގެ ތެރެއަށް ނެގުމަށް ފަސޭހަކޮށްދީ، ހަށިގަނޑު ބޮޑުވުމާއި ތަރައްގީވުމަށް ކޮންމެހެން ބޭނުންތެރި މާއްދާއެކެވެ. އަދި ދުޅަހެޔޮ "މެޓަބޮލިޒަމް" އަކަށް ކޮންމެހެން ބޭނުންވާ ކޮޕާ، ތައިއަމިން، އަދި ވިޓަމިން ބީ6 ފަދަ އެހެން ކެވެނީގެ ކުދިކުދި މާއްދާތައް ވެސް އަލަނާސީގައި ހިމެނެއެވެ.
އަލަނާސިއަކީ ޚާއްޞަކޮށް ފްލެވަނޮއިޑްސް ކިޔާ އެންޓިއޮކްސިޑެންޓްސް އާއި ފީނޯލިކް ކޮމްޕައުންޑްސް އިން މުއްސަނދި އެއްޗެކެވެ. އިންސާނުންގެ ދިރާސާތަކުން މި އެންޓިއޮކްސިޑެންޓްތަކުގެ ސަބަބުން ހިތް ރައްކާތެރިކޮށްދޭ އަސަރުތަކެއް އުފެދޭކަމަށް ބެލެވެއެވެ. އަދި މިނޫނަސް އެންޓި އޮކްސިޑަންޓްސް އަކީ ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތަށް ބޭރުކޮށްދިނުމަށް އެހީތެރިވެދޭ މުހިންމު މާއްދާތަކެކެވެ.
އަލަނާސީގައި ހިމެނޭ ބްރޯމެލޭން އަކީ ހަޖަމުކުރާ އެންޒައިމްތަކުގެ އާއިލާގެ މާއްދާއެއް ކަމުން ޕްރޮޓީން ހަޖަމުކުރުމަށް އެހީތެރިވެދެއެވެ. އެހެން ކަމުން އަލަނާސި ބެލެވިފައިވަނީ ހަޖަމު ކުރުމަށް އެންމެ އުނދަގޫ އެއް މާއްދާކަމަށްވާ ޕްރޮޓީން ހަޖަމު ކުރުމަށް ވަރަށްބޮޑު ލުޔެއް ގެނެސްދޭ މޭވާއެއްގެ ގޮތުގައެވެ.
އަލަނާސީގައި ހުންނަ އެންޓި އިންފްލެމޭޓަރީ މާއްދާތަކުން ހަށިގަނޑުގައި ޖަރާސީމު އަށަގަތުމާއި އަށަގަނެގައި ހުންނަ ޖަރާސީމު ފަސޭހަ ކަމާއި އެކު ނައްތާލުމަށް ވަރަށްބޮޑު ފަސޭހައަކަށް ވެގެންދެއެވެ. އަލަނާސީގައި ގިނަ އަދަދަކަށް މިފަދަ އެންޓި އިންފްލެމޭޓަރީ މާއްދާތައް ހުރެއެވެ.
އަލަނާސިއަކީ ކާލަން ފަސޭހަ މޭވާއެކެވެ. އަމިއްލައަށް ސްމޫތީއާއި، ސެލެޑާއި، ނުވަތަ ގޭގައި ހަދާ ޕިއްޒާތަކުގައި ވެސް ބޭނުން ކުރެވެއެވެ. އަދި ރޮލާވެސް ކާލަން މިއީ މީރު މޭވާއެކެވެ. އަލަނާސިން ތައްޔާރުކުރާ ބައެއް ކެއުންތަކަށާއި ބުއިންތަކަށް ބަލާލާނަމެވެ.
. ހެނދުނުގެ ނާސްތާ: ސްމޫތީ.
. ސެލެޑް: ޓްރޮޕިކަލް ރޯސްޓް ޗިކަން، އަލްމަންޑް، ބްލޫބެރީ، އަދި އަލަނާސި، ލެޓިއުސް ނުވަތަ އެހެނިހެން ފެހި ފަތް.
. މެންދުރުގެ ކެއުން: ބަރގަރސް، ޕިއްޒާ، ސޭންޑްވިޗް (އަލަނާސި ފޮއްޗަކާއި އެކު)
ރޭގަނޑުގެ ކެއުން: އަލަނާސި ފްރައިޑް ރައިސް.
. ޑެސަރޓް: ގޭގައި ހަދާ އަލަނާސި ވިޕް (ފިނިކޮށްފައިވާ އަލަނާސި، ކާށި ކިރާއި، ގެރި ކިރާއި، ލުނބޮލެއް މިކްސްޗަރުން ގިރާލައިގެން)
މިނޫނަސް ތަފާތު އެކި ގޮތްގޮތަށް އަލަނާސީގައި ކެއުންތަކާއި ބުއިންތައް ތައްޔާރުކޮށްފައި ހުރެއެވެ.
