ގޭންގްލިއަން ސިސްޓަކީ ކެންސަރުގެ އަލާމާތެއް ނުހިމެނޭ ގަނޑުތަކެކެވެ. ގޭންގްލިއަން އެންމެ ގިނައިން އުފެދެނީ އަތްތިލަ ނުވަތަ އަތުގެ ޓެންޑަންތަކުން ނުވަތަ ހުޅުތަކުގެ އެތެރެއިންނެވެ. އަދި ފައިގެ ކަކުލާއި ފައިގެ ކުޑަހުޅުގައި ވެސް ގޭންގްލިއަން އުފެދިދާނެއެވެ. ގޭންގްލިއަން ސިސްޓްތަކަކީ އާންމުކޮށް ވަށްކޮށް އުފެދި ބޮޑުވާ ގަނޑުކޮޅުތަކެކެވެ. މި ސިސްޓުތަކުގެ އެތެރޭގައި ހުންނަނީ ޖެލީ ކަހަލަ މުޅިން ދިޔައިނޫން، ނަމަވެސް ދިޔާކަމަކާއި ހަރުކަމެއް އެކުލެވޭ ދިޔަވަރެއް ޒާތު ހަރު ތަތް އެއްޗެހިތަކެކެވެ.
އާންމުކޮށް ކުދި ގޭންގްލިއަން ސިސްޓްތަކަކީ ބީންސް ސައިޒުގެ ސިސްޓްތަކެކެވެ. ބޮޑެތި ސިސްޓްތަކުގެ ދިގުމިނަކީ ގާތްގަނޑަކަށް އިންޗިއެއް ނުވަތަ ދޮޅު އިންޗިއެއްގެ ދިގުމިނެވެ. ގޭންގްލިއަން ސިސްޓްތަކުގެ ކައިރީގައި ހުންނަ ނާރުތަކަށާއި ކަށިތަކަށާއި މަސްތަކަށް ތަދުވެދާނެ އެވެ. އަދި އެ ސިސްޓެއް ހުރި ތަނެއްގެ ގޮތުން ބައެއް ފަހަރު ހުޅުތަކުގެ ހަރަކާތްތަކަށްވެސް ހުރަސްއެޅިދާނެ އެވެ.
ގޭންގްލިއަން ސިސްޓުން އުނދަގޫ ކުރުވާނަމަ، އިންޖެކްޝަން ޖަހައިގެން ސިސްޓްގެ އެތެރޭގައި ހުންނަ ޖެހީކަހަލަ އެއްޗެހިތައް ނެގިދާނެއެވެ. އެފަދައިން ކާމިޔާބު ނުވާނެފަދަ ހަރު ސިސްޓުތައް ސާޖަރީ ކޮށްގެން ނައްތާލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. އެކަމަކު އެއްވެސް އަލާމާތެއް ނުފެންނަ ނަމަ އެއްވެސް ފަރުވާއެއް ބޭނުމެއް ނުވާނެއެވެ. އުނދަގުލެއް ތަދެއް އިހުސާސްނުވާ ގިނަ ހާލަތްތަކުގައި ސިސްޓްތައް އަމިއްލައަށް ފިލައިގެން ދެއެވެ.
ގޭންގްލިއަން ސިސްޓްތަކާ ގުޅިފައިވާ ގަނޑުލުންތައް ސިފަކުރެވޭނީ އޭގެ:
. ސަރަހައްދު: ގޭންގްލިއަން ސިސްޓްތައް އެންމެ ގިނައިން އުފެދެނީ އަތްތިލަ ނުވަތަ އަތުގެ ޓެންޑަން ނުވަތަ ހުޅުތަކުގެ ތެރެއިންނެވެ. ދެން އެންމެ ގިނައިން ފެންނަ ތަންތަނަކީ ފައިގެ ކަކުލާއި ފައިގެ ކުޑަހުޅެވެ. މި ސިސްޓްތައް އެހެން ހުޅުތަކުގެ ކައިރީގައި ވެސް އުފެދިދާނެ އެވެ.
. ބައްޓަމާއި ސައިޒު: ގޭންގްލިއަން ސިސްޓްތަކަކީ ވަށްކޮށް ނުވަތަ ބިސްބުރެއްގެ ސިފައިގައި އުފެދޭ ގަނޑުތަކެކެވެ. އާންމުކޮށް މީގެ ސިސްޓެއް އެއްމެ ބޮޑުވެގެން ވާނީ ގާތްގަނޑަކަށް ދޮޅު އިންޗިއެވެ. ބައެއް ސިސްޓުތައް ކުދިކުދި ކަމުން އެކަންކަން އިހުސާސް ނުކުރެވެއެވެ. ސިސްޓެއްގެ ސައިޒު ގިނަ ފަހަރަށް އުފުލި ބޮޑުވެގެން ދާނީ ތަކުރާރުކޮށް އެ ހުޅަކުން ހަރަކާތް ކުރެވޭނަމައެވެ.
. ތަދު: ގޭންގްލިއަން ސިސްޓްތަކަކީ އާންމުކޮށް ތަދު ނުވާ އެއްޗެކެވެ. ނަމަވެސް އެ ސިސްޓެއް އިން ތަނެއްގެ ގޮތުން، އެ ސިސްޓުގެ ކައިރީގައިވާ ހަތާހަކަށާއި ހަތާރުތަކަށް ދަތު އިހުސާސް ކުރުވަފާނެއެވެ.
ގޭންގްލިއަން ސިސްޓެއް އުފެދުމަށް މެދުވެރިވާ ސީދާ ސަބަބެއް ނޭނގެއެވެ. ނަމަވެސް މިފަދަ ސިސްޓެއް އުފެދިދާނޭ ކަމުގެ ފުރުސަތު ބޮޑު ކުރުވާ ބައެއް ކަންކަން ޑަކްޓަރުން ފާގަ ކުރެއެވެ. އޭގެ ތެރޭގައި:
. ތިބާގެ ޖިންސާއި އުމުރު: ގޭންގްލިއަން ސިސްޓް ކޮންމެ މީހެއްގެ ވެސް އުފެދިދާނެއެވެ. ނަމަވެސް އެންމެ ގިނައިން އުފެދެނީ އުމުރުން 20 އަހަރާއި 40 އަހަރާ ދެމެދުގެ އަންހެނުންގެ ހުޅުތަކުގައެވެ.
. އޮސްޓިއޯއާތުރައިޓިސް: އިނގިލީގެ ނިޔަފަތިތަކާ އެންމެ ކައިރީގައި ހުންނަ އިނގިލީގެ ހުޅުތަކުގައި "ގޭނިގޭނި މަޑުކަށި ހުސްވާ" އާތުރައިޓިސް ޖެހިފައިވާ މީހުންނަށް އެ ހުޅުތަކުގެ ކައިރީގައި ގޭންގްލިއަން ސިސްޓް ޖެހުމުގެ ނުރައްކާ ބޮޑުވެ އެވެ. އާތުރައިޓިސް ނިސްބަތް ކުރަނީ ރާއްޖެ ބައްޔަށެވެ. ހުޅުހުޅުގައި ރިއްސުމާއި ކަށިފީވުމަކީވެސް އާތުރައިޓިސްގެ ވައްތަރެކެވެ.
. ހުޅު ނުވަތަ ޓެންޑަން އަށް އަނިޔާވުން. މީގެ ކުރިން އަނިޔާ ލިބިފައިވާ ހުޅުތަކުގައި ނުވަތަ ޓެންޑަންތަކުގައި ގޭންގްލިއަން ސިސްޓް އުފެދުމުގެ ފުރުސަތު ބޮޑުވެއެވެ.
މި ބަލާލެވުނީ ޖުމުލަކޮށް ގޭންގްލިއަން ސިސްޓާއި ބެހޭ ބައެއް އާންމު މައުލޫމާތުތަކަށެވެ. އަދިވެސް މި ސިސްޓާއިމެދު އިތުރަށް ކިތައްމެހާވެސް ވާހަކައެއް ދެއްކިދާނެއެވެ. ނަމަވެސް މި ލިޔުން މިހިސާބުން ކުރުކޮށްލާނަމެވެ. ގޭންގްލިއަން ސިސްޓާއި ބެހޭ އާންމު މައުލޫމާތު އެނގިގެން ހުރުމަކީ އެފަދަ ކަމެއް ދިމައިވުމުން، ހާސްވެ ނުތަނަވަސްވުން ކުޑަކޮސްދޭނޭ ކަމެކެވެ.
