އެކްޓަރ އަކްޝޭ ކުމާރު، ޓައިގާ ޝްރޮފް، އަދި އަލީ އައްބާސް ޒަފަރު ފުރަތަމަ ފަހަރަށް ޓީމް އަޕް ކުރާނެ ފިލްމަކީ އަލީގެ ބެނާރގެ ދަށުން ވަޝޫ އާއި ޖެކީ ބަގްނާނީ ޕްރޮޑިއުސް ކުރާ "ބަޅޭ މިޔާނ ޗޯޓޭ މިޔާނ" ކަމަށް ފުރަތަމަ ރިޕޯޓްކުރެވުނީ މިދިޔަ އަހަރު ޑިސެމްބަރުމަ ހުތެރޭގައެވެ. ފިލްމުގެ ސްޓޭޓަސްއާ ގުޅިގެން މިހާތަނަށް މީޑީއާގަ ތަފާތު ވާހަކަތައް ދެކެވިފަވާއިރު އިރު، މި އެކްޝަން އެންޓަޓެއިންމަންޓް ފިލްމު، 2023 ވަނަ އަހަރުގެ ކުރީކޮޅު ސްކޮޓްލޭންޑް، އަލްޕްސް، އިނގިރޭސިވިލާތް، އަދި ސައުދީގައި ޝޫޓްކުރާނެކަމަށް ވަނީ އަޑުފެތުރިފައެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުންނަމަ، އަލީ އައްބާސް ޒަފަރު އާއި ޖެކީ ބަގްނާނީ ވަނީ ފިލްމުގައި ޓައިގާ ޝްރޮފް އާއެކު އަންހެން ލީޑް ރޯލު އަދާކުރުމަށް އެކްތްރެސް ޖާންވީ ކަޕޫރަށް ހުށަހަޅާފައެވެ. ރިޕޯޓްތައް ތެދުނަމަ ޖާންވީ މިހާރުވަނީ ފިލްމަށް އާނ ބަސް ބުނެފައެވެ.

އަލީ އައްބާސް ޒަފަރު މިހާތަނަށް ޑައިރެކްޓްކޮށްފައިވާ ހުރިހާ ފިލްމެކޭ އެއްފަދައިން، ބަޅޭ މިޔާނ ޗޯޓޭ މިޔާނގައި ވެސް އަންހެން ވަރުގަދަ ކެރެކްޓަރތައް ހިމެނޭކަމަށްވެއެވެ. އެހެންކަމުން މިއީ ޖާންވީއަށް އޭނާގެ ކެރިއަރ އިތުރު ހަރުފަތަކަށް ގެންދަން ލިބޭ ރަނގަޅު ފުރުސަތަކަށް ވެގެންދާނެކަމަށް ބެލެވެއެވެ.

ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި އަކްޝޭ ކުމާރާއި އެކު އަންހެން ލީޑުން ފެންނާނެ ބަތަލާވެސް އެނގިގެންދާނެކަމަށާ، ޑައިރެކްޓަރ އަލީ އައްބާސް ޒަފަރް ބޮލީވުޑްގެ ޓޮޕް ބަތަލާއިންނާ މިހާރު ވާހަކަ ދައްކަމުންދާކަމަށް ޕްރޮޖެކްޓާ ގުޅުންހުރި މަސްދަރަކާ ހަވާލާދީ ޕިންކްވިލާއިން ވަނީ ރިޕޯޓްކޮށްފައެވެ.

ފަސް މަސް ދުވަހުގެ ޝެޑިއުލަކާއެކު ބަޑޭ މިޔާނ ޗޯޓޭ މިޔާނގެ ޝޫޓިން ޖެނުއަރީ މަހު ފަށަން ހަމަޖެހިފައިވާއިރު، 2023 ވަނަ އަހަރުގެ މެއި މަހުގެ ނިޔަލަށް ޝޫޓިން ނިންމަން ގްސްދުކޮށްފައިވާކަމަށް އަލީ އައްބާސް ޒަފަރުވަނީ ބުނެފައެވެ. މި ފިލްމު އުފައްދާ ފިލްމުގެ ޝޫޓިން ކުރިއަށް ގެންދާނީ ހޮލީވުޑްގެ ސްޓަންޓް ޓީމުތަކާ އެކުގަ އެވެ.

މި ފިލްމުގެ ނަމަކީ ބަޑޭ މިޔާނ ޗޯޓޭ މިޔާނ ކަމަށް ވީނަމަވެސް، މިއީ އަމިތާބާއި ގޯވިންދާގެ މި ނަންކިޔާ ކުރީގެ ކޮމެޑީ ފިލްމާ ގުޅުމެއް ހުރި ފިލްމެއް ނޫންކަމަށް ވެއެވެ. ޑިސެމްބަރު 2023 ގައި ރިލީޒްކުރާ މި ފިލްމު ޕްރޮޑިއުސް ކުރަނީ ވަޝޫ ބަގްނާނީއާއި ޖެކީ ބަގްނާނީގެ އިތުރުން ދީޕްޝިކާ ދޭޝްމުކް، ހިމާންޝޫ މެހެރާ، އަދި އަލީ އައްބާސް ޒަފަރެވެ.