"ހޭވައްލާ ތައްޔާރު" ޕްރޮމޯޝަންއަކީ އެސްޓީއޯއިން ވޯލްޑްކަޕާ ގުޅިގެން ކުރިޔަށްގެންދާ ޚާއްސަ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަން ކުރިޔަށްގެންދާނީ 5 އޮކްޓޯބަރުން ފެށިގެން 30 ނޮވެމްބަރު 2022 ގެ ނިޔަލަށްކަމަށް އެސްޓީއޯއިން މަޢުލޫމާތު ދެއެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި ރީޖަނަލް ފިހާރަތަކުގައެވެ.
މި ޕްރޮމޯޝަންގައި ހިމެނޭ އައިޓަމްތަކުން 15 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއިރު ބައްލަވައިގަންނަވާ ކޮންމެ ފިލިޕްސް (މޮޑެލް 50PUT8115/98) 50 އިންޗީގެ ޓީވީއަކާއެކު ސައުންޑްސްޕީކަރ ބާ އެއް އަދި ބްރެކެޓް ހިލޭ ލިބިލައްވާނެއެވެ.
މީގެ އިތުރުން ކުރައްވާ ކޮންމެ 500 (ފަސް ސަތޭކަ) ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި މި ކޫޕަން ފުރުއްވައިގެން ގްރޭންޑް ޕްރައިޒްތަކުގެ ލަކީ ޑްރޯގައި ބައިވެރިވެލެއްވޭނެއެވެ.

ތިންވަނަ އިނާމުގެ ގޮތުގައި ލިބޭ ވައުޗަރގެ ދަށުން ނެގޭނީ ގެއާއި ބަދިގޭ ސާމާނުކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ.
މި ނޫނަސް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވަގުތުން އިނާމު ލިބޭ ބައެއް ގޭމްތައްވެސް ކުރިއަށްދާނެކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ.
އެސްޓީއޯއިން އަބަދުވެސް މިފަދަ ޚާއްސަ މުނާސަބަތުތަކާއި ދުވަސްތަކާގުޅިގެން އަގުހުރި އިނާމުތަކާއެކު ތަފާތު ގިނަ ޕްރޮމޯޝަންތަކެއް ހިންގައެވެ.
