އުރީދޫ ނޭޝަން އިން އުރީދޫ މޯލްޑިވްސް ޕަބްޖީ ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 3 ގައި ބައިވެރިވުމަށް ހުޅުވާލައިފި އެވެ.

މި އޮކްޓޫބަރު މަހުގެ 12 ވަނަ ދުވަހު މިކަމަށް ހުޅުވާލާފައިވަނީ އޮންލައިން ޕޯޓަލެއް މެދުވެރިކޮށެވެ.

އެގޮތުން، http://ore.do/contender މެދުވެރިކޮށް މި މުބާރާތުގައި ބައިވެރިވެވޭނެ އެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް އަކީ 100،000 ރުފިޔާގެ ގްރޭންޑް ޕްރައިޒް ޕޫލަކާއެކު 2022 ވަނަ އަހަރުގެ ޑިސެންބަރު މަހު ބާއްވާ ރާއްޖޭގެ އެންމެ ބޮޑު ޕަބްޖީ ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދޭ ކޮލިފައިންގް މެޗް ސިލްސިލާ އެކެވެ. މި ސިލްސިލާގެ ފުރަތަމަ ދެ މުބާރާތް މިހާރުވަނީ ނިމިފަ އެވެ.

އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޝައުގުވެރިވާ ގޭމަރުން، އެފަރާތެއްގެ ޓީމްތައް ރަޖިސްޓްރީކޮށް، ކުރިއަށް އޮތް ކޮލިފައިން މުބާރާތްތަކުގައި ވާދަކޮށް، އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޓޯނަމަންޓް ގައި ވާދަކުރެވޭނެ އެވެ. ބައިވެރިވާ ޓީމުތަކުން ރަޖިސްޓްރޭޝަން ފީގެ ގޮތުގައި 150 ރުފިޔާ ގެ އިތުރުން ޓީމް މެމްބަރުންގެ މައުލޫމާތްއާއި ޓީމް ލޯގޯ 15 އޮކްޓޫބަރު 2022 ގެ ކުރިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހެ އެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގެ ކޮންޓެންޑަރ ސީރީޒް 3 ގެ ޗެމްޕިއަން ޓީމުތަކަށް ކަނޑައެޅިފައިވާ 15،000 ރުފިޔާގެ އިނާމު ހަމަޖެހިފައިވަނީ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، 2 ވަނަ އަށް ހޮވޭ ޓީމަށް 3،000 ރުފިޔާ އަދި 3 ވަނަ އަށް ހޮވޭ ޓީމަށް 2،000 ރުފިޔާ އެވެ.

ރޯޑް ޓު އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް:

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 1 ގައި ބައިވެރިވި ޓީމްތަކުގެ ތެރެއިން 16 ޓީމެއް 3 ސެޕްޓެންބަރު 2022 ފިނާލޭގައި ވަރުގަދަ ކުރިމަތިލުމަކަށްފަހު، 3 ޓީމެއް ވަނީ މި އަހަރުގެ އަހަރު ބާއްވާ އެންމެ ބޮޑު ޕަބްޖީ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވެފަ އެވެ.

މޮޅުވެފައިވާ ޓީމްތައް:

ޗެމްޕިއަން ޓީމް: އާރް ޖީސީ ޑެނޯ

ދެވަނަ އަށް މޮޅުވި ޓީމް: ކޭއެޗް އީސްޕޯޓްސް

ތިންވަނަ އަށް މޮޅުވި ޓީމް: އެލްއެންއެން ސްޕީޝީސް

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 2: ސެޕްޓެންބަރު މަހު ބޭއްވުނު މި ދެވަނަ ސިލްސިލާގައި ވަނީ 500 ގޭމަރުންނާއެކު 89 ޓީމަކުން ވާދަކޮށްފައެވެ. ގަދަ ހިފުމަކަށްފަހު 3 ސެޕްޓެންބަރުގައި މުބާރާތް ނިމިގެން ދިޔައައީ އެންމެ މޮޅު 3 ޓީމުން އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ގައި ވާދަކުރުމަށް ޖާގަ ހޯދައިގެންނެވެ.

މޮޅުވެފައިވާ ޓީމްތައް:

ޗެމްޕިއަން ޓީމް: އެސްޑީއެމްޒީ އީސްޕޯރޓްސް

ދެވަނަ އަށް މޮޅުވި ޓީމް: އާރްޖީސީ އޯޕެކްސް

ތިންވަނަ އަށް މޮޅުވި ޓީމް: އީ2އެސް އަކަޓްސުކި

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒް 3: ގައި ވާދަކޮށް އެންމެ މޮޅު 3 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެ އެވެ. މި މުބާާރާތުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ މިހާރު ހުޅުވާލާފައެވެ. ރެޖިސްޓަރ ވުމަށް http://ore.do/contender ޒިޔާރާތްކޮށްލާށެވެ.

އުރީދޫ ޕަބްޖީ ޗެމްޕިއަންޝިޕް އޮފިޝަލް ކޮލިފައިން އިވެންޓް: ގައި ވާދަކޮށް އެންމެ މޮޅު 7 ޓީމު އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފާވަނީ މި އަހަރު ނޮވެންބަރު މަހުއެވެ.

އުރީދޫ ޕަބްޖީ މޮބައިލް ޗެމްޕިއަންޝިޕް: 100،000 ރުފިޔާ ގެ ޕްރައިޒް ޕޫލަށް 16 ޓީމުން ވާދަކުރާނެއެވެ. މި މުބާާރާތް ބާއްވަން ހަމަޖެހިފައިވަނީ މި އަހަރު ޑިސެންބަރު މަހުއެވެ.