އިންޑިޔާގެ ހުރިހާ ހިސާބެއްގައިވެސް ފިރިހެން ދަރިން ލިބުމަކީ ހެޔޮ ނަސީބެއް ކަމަށް ބެލެވެއެވެ. އާއިލާގެ ޒިންމާ ނަގާނީ ފިރިހެން ދަރިން ކަމާ، މައިން ބަފައިންނަށް އަޅާލާ އާއިލާގެ ނަން ދެމިގެން ދާނީ ފިރިހެން ދަރިންގެ ފަރާތުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިކަމަށް އަނުޝްކާ ވަނީ ވަރަށް ހޫނު ރައްދެއް ދީފައެވެ.

އުއްތަރު ޕްރަދޭޝްގެ ހާތުރަސްގައި، ގުރޫޕަކުން ގެންގް ރޭޕް ކުރުމުގެ ސަބަބުން މަރުވި 19 އަހަރުގެ އަންހެން ކުއްޖާގެ މައްސަލަ އާ ގުޅުވައިގެން އަނުޝްކާ ބުނެފައިވަނީ، ފިރިހެން ދަރިއަކު ލިބުމުން އެކަމާ ފަޚުރިވެރިވާން ނުޖެހޭ ކަމަށާ، ފަޚުރުވެރިވާން ޖެހެނީ، އަންހެނުންނަށް އިޙްތިރާމްކޮށް، އަންހެނުންނަށް ރައްކާތެރި މާހައުލެއްގައި ދިރިއުޅުމުގެ ފުރުސަތު ދޭ ފަދަ ފިރިހެން ދަރިއަކު ތަރުބިއްޔަތު ކުރެވުމުން ކަމަށެވެ. އިތުރަށް އަނުޝްކާ ހާމަ ކުރި ގޮތުގައި މިއީ ކޮންމެ ބެލެނިވެރިއެއްގެ އިޖުތިމާޢީ ޒިންމާއެއް ކަމަށެވެ.

 

އަލަތު ދަރިފުޅަށް ބަލިވެ އިން އަނުޝްކާ މިހާރު ހުރީ ފިރިމީހާ އަދި އިންޑިޔާގެ ކްރިކެޓް ޓީމްގެ ކެޕްޓަން ވިރާޓު އާއި އެކުގައި ދުބާއީގައެވެ.