ބޭންކް އޮފް މޯލްޑިވްސް އިން ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.

މި ޕްރޮމޯޝަންގެ މުއްދަތުގައި، ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ކަސްޓަމަރުންގެ ތެރެއިން އެންމެ ފުރަތަމަ ހުޅުވާ 1500 އެކައުންޓުގެ ތެރެއިން ކޮންމެ އެކައުންޓަކަށް 200 ރުފިޔާ ޖަމާކުރެވޭނެ އެވެ. އަދި ކާޑު ބޭނުންވާ ކަސްޓަމަރުންނަށް ހިލޭ ރީލޯޑް ކުރެވޭ ޕްރީޕެއިޑް ކާޑެއް ލިބޭއިރު، ޕްރޮމޯޝަން ނިމޭއިރު، 50 ފަރާތަކަށް 2،500 ރުފިޔާ ލިބޭނެ އެވެ.

16 އޮކްޓޯބަރު އިން ފެށިގެން 16 ނޮވެމްބަރު 2022 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ މުއްދަތުގައި، ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް ކިޑްސް ސޭވަރ އެކައުންޓް ހުޅުވާ ފަރާތްތަކަށް ހާއްސަ ކައުންޓަރެއް ހުޅުމާލެ ބްރާންޗް، ވިލިމާލެ ބްރާންޗް، އެކައުންޓް އޯޕަނިންގ ސެންޓަރ އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް ގައި ހުންނާނެ އެވެ.

މީގެ އިތުރުން 29 އޮކްޓޯބަރު 2022 ވާ ހޮނިހިރު ދުވަހު ކިޑްސް ސޭވަރ އެކައުންޓް ހުޅުވުމަށް ހާއްސަކޮށް ބީއެމްއެލް އެކައުންޓް އޯޕަނިންގ ސެންޓަރ އަދި ބީއެމްއެލް އިސްލާމިކް ބްރާންޗް ހުޅުވިފައި ހުންނާނެ އެވެ.