ށ. ފޭދޫ ބަނދަރު ތަރއްގީ ކުރުމުގެ މަޝްރޫއު ގައިި ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ވެސް ނިމި، މިހާރުކުރިއަށްދަނީ ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ހާމަކޮށްފި އެވެ.

އެ ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި އެ މަޝްރޫޢުއަށް ބޭނުންވާ ބޮޑު ހިލައިގެ ތިންވަނަ ޝިޕްމަންޓް ވެސް މިހާރުވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފަ އެވެ.

މި މަޝްރޫޢުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 276 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 90 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ނިންމާފަ އެވެ. އަދި 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 1380 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމަށް ވެސް ވަނީ ނިންމާފަ އެވެ.

 35.6 މިލިއަން ރުފިޔާގެ މި މަޝްރޫޢު ގައި މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.