ލ. ފޮނަދޫގެ މަގުތައް ހެދުމުގެ މަޝްރޫޢުގެ ދަށުން، މަގުތަކުގައި އޭބީސީ ފަށަލަ އެޅުމުގެ މަސައްކަތް ވަނީ ފަށާފައި. މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މިމަސްތެރޭ ފެށޭނެއެވެ. 

މި މަޝްރޫޢުގެ ދަށުން، ދިގުމިނުގައި 3.5 ކިލޯމީޓަރު ހުންނަ 12 މަގު ތަރައްޤީ ކުރެވޭނެއެވެ. އަދި 27،848 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރުއެޅުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، ސްޕީޑް ބްރޭކަރު ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަކީ 25.5 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 26 ޖޫން 2019 ގައެވެ