ކޯވިޑް-19ގެ ޕެންޑަމިކަށްފަހު ރިލީޒްކުރަމުންދާ 'އިންޑިއަން' ގިނަ ފިލްމުތަކެއް ދަނީ ފްލޮޕް ވަމުންނެވެ. މަޝްހޫރު އެތައް ތަރިންނެއްގެ ފިލްމުތަކެއް މިއަހަރު ވެސް ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރުގެ 2 ފިލްމެއް ކަމަށްވާ "ބައްޗަން ޕާންޑޭ"އާއި "ރަކްޝާ ބަންދަން" ހިމެނެއެވެ. އަދި އާމިރު ޚާންގެ "ލާލް ސިންގ ޗައްދާ"އާއި ޓައިގަރ ޝްރޮފްގެ "ހީރޯޕަންތީ 2" ވެސް ހިމެނެއެވެ. މިއަހަރު ކުރިއަށް ހުރި ފިލްމުތަކަށް ބެލިޔަސް ބެލުންތެރިންގެ މެދުގައި މަޤްބޫލް ވެގެން ދާނެ ކަމަށް ލަފާކުރެވޭ އެއްވެސް ފިލްމެއް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. 

ދެން އޮތީ 2023އަށް ތާވަލްކޮށްފައިވާ ފިލްމުތަކެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް 05 އަހަރުގެ މެދުކެނޑުމަކަށްފަހު ބޮލީވުޑް ކިންގް ޝާހްރުކް ޚާން ސިނަމާތަކަށް އެނބުރި އައުން އަންނަ އަހަރު އެބައޮތެވެ. އެގޮތުން އޭނާގެ 03 ފިލްމެއް 2023ގައި ރިލީޒްކުރަން ވަނީ ނިންމައިފައެވެ. އެއީ "ޕަތާން" އާއި "ޑުންކީ"ގެ އިތުރުން "ޖަވާން"އެވެ. ޝާހްރުކް ޚާންގެ ފޭނުން ތިބީ މިފިލްމުތައް ބަލައިލަން ކެތް މަދުވެފައެވެ. މި 03 ފިލްމުގެ ވެސް ޕޯސްޓަރެއް މިހާތަނަށް ވަނީ ބެލުންތެރިންނަށް ދައްކާލައިފައެވެ. "ޕަތާން"ގައި ޝާހްރުކްގެ އިތުރުން ޖޯން އަބްރަހަމާއި ދީޕިކާ ޕަދުކޯން ވެސް ފެނިގެންދާނެއެވެ.

ދެން އޮތީ އައްލޫ އަރްޖުންގެ "ޕުޝްޕާ 2"އެވެ. "ޕުޝްޕާ"އަކީ 2021 ވަނަ އަހަރު ރިލީޒްކުރި، އަދި މުޅި ދުނިޔޭގައި ވެސް ވަރަށް ގަދަޔަށް ތަރުޙީބު ލިބިގެން ދިޔަ ފިލްމެކެވެ. "ސްޕައިޑަރ-މޭން: ނޯ ވޭ ހޯމް" ފަދަ ފިލްމުތައް ވައްޓާލި "ޕުޝްޕާ"ގެ ސީކުއެލްގެ މަސައްކަތް މިހާރު ފެށިފެން ކުރިއަށް ދާއިރު ރިޕޯޓުތަކުން ބުނަނީ އެ ފިލްމު ވެސް ރިލީޒްކުރަން ހަމަޖެހިފައިވަނީ 2023ގައި ކަމަށެވެ. "ޕުޝްޕާ 2"ގައި ވެސް މައިގަނޑު ރޯލުތަކުން ފެނިގެންދާނީ ފުރަތަމަ ފިލްމުގައި ވެސް ފެނުނު އެކްޓަރުންނެވެ. އޭގެ ތެރޭގައި އައްލޫ އަރްޖުން އާއި ރަޝްމީކާ މަންދާނާ ހިމެނެއެވެ. ބައެއް ބެލުންތެރިން ބުނާ ގޮތުން ނަމަ ސުކުމާރު ޑައިރެކްޓްކުރާ މި ފިލްމު ވެގެން ދާނީ 2023 ވަނަ އަހަރުގެ އެންމެ މޮޅު ފިލްމަށެވެ. ބަލަމާ ހިނގާށެވެ. 

Is Allu Arjun and Rashmika Mandanna starrer Pushpa 2'story leaked?

03 ވަނަ ފިލްމަކަށް މިއޮތީ ސަލްމާން ޚާންގެ "ޓައިގަރ 3"އެވެ. މިއީ 2012 ވަނަ އަހަރު "އޭކް ތާ ޓައިގަރ"ގެ ނަމުގައި ގެނެސްދިން ފިލްމުގެ 2 ވަނަ ސީކުއެލްއެވެ. ފުރަތަމަ ސީކުއެލް ވަނީ 2017 ވަނަ އަހަރު "ޓައިގަރ ޒިންދާ ހޭ"ގެ ނަމުގައި ރިލީޒްކޮށްފައެވެ. "ޓައިގަރ 3" އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ އަންނަ އަހަރުގެ އެޕްރީލް 21ގައެވެ. ނަމަވެސް ދާދި ފަހުން އޭނާ ވަނީ "ޓައިގަރ 3" ރިލީޒްކުރަން ހަމަޖެހިފައިވާ ތާރީޚް ބަދަލުވެއްޖެ ކަމަށް ބުނެ އިޢުލާންކޮށްފައެވެ. އެގޮތުން މި ފިލްމު ރިލީޒްކުރަން މިހާރު ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ދިވާލީއާ ދިމާކޮށެވެ. އެހެންކަމުން "ޓައިގަރ 3"އަށް ބެލުންތެރިން ކުރަން ޖެހިފައިވާ އިންތިޒާރު މިވަނީ ދިގުވެފައެވެ. "ޓައިގަރ 3"ގައި މައިގަނޑު ރޯލުތަކުން ފެނިގެންދާނީ މީގެ ކުރީ 2 ފިލްމުގައި ވެސް ސަލްމާނާއެކު މަސައްކަތްކުރި ކެޓްރީނާ ކެއިފްއާއި އިމްރާން ހާޝްމީއެވެ. 

Salman Khan, Katrina Kaif's Tiger 3 delayed, to release on THIS date now -  India Today