ތާކުންތާކުނުޖެހޭ ފިލްމުތައް އުފައްދައިފައި ދެން ބަޔަކު މީހުން ބޮއިކޮޓްކުރަން ގޮވީމަ އެކަމަށް ޝަކުވާ ނުކުރުމަށް އެކްޓަރު ރަންވީރް ޝޯރޭ ބުނެފިއެވެ. އޭނާ މިހެން ބުނެފައިވަނީ ދާދި ފަހުން ދިން އިންޓަވިއުއެއްގައެވެ.
ބޮލީވުޑްގެ ގިނަ ފިލްމުތަޖެއް ފްލޮޕްވަމުންދާ މި ދުވަސްވަރު އަދި "ބޮއިކޮޓް" ޓްރެންޑްތައް ވެސް ވަރަށް ގިނަވެފައިވާ މިދުވަސްކޮޅު އޭނާ ބުނެފައިވަނީ މީހުން އެ ފިލްމެއް ކަޑައޭ ނުވަތަ ގޯހޭ އެބުނަނީ އެ ފިލްމު އޭގެ ޒާތުގައި ވެސް ގޯސް ވީމަ ކަމަށެވެ. "އެއްވެސް އޮށްޓަރެއް ނުހުރޭ ފިލްމުތަކަކު، ދެން ބޮކްސް އޮފީހުގައި ނާކާމިޔާބު ވީމާ މި ގޮވަނީ ބޮއިކޮޓް ޓްރެންޑަކުން ތިމަންނާމެން ނާކާމިޔާބު ކޮށްލީއޭ... މިކަން ހުއްޓަން ޖެހޭ! ޝަކުވާ ނުކޮށް ފިލްމުތައް ތާޒާކުރަން ޖެހޭ" ރަންވީރް ބުނެފައިވެއެވެ.

ދާދި ފަހުން ރިލީޒްކުރި އާމިރު ޚާންގެ "ލާލް ސިންގ ޗައްދާ" ވެސް ވަނީ ބޮކްސް އޮފީހުގައި ނާކާމިޔާބު ވެފައެވެ. އޯޑިއަންސުން ވަނީ ފިލްމުގެ ކޮންޓެންޓް ރިޖެކްޓްކޮށްފައެވެ. އަދި ހަމަމިއާއެކު އަކްޝޭ ކުމާރުގެ "ރަކްޝާ ބަންދަން" ވެސް ފާހަގަކޮށްލެވެއެވެ. މަޝްހޫރު ތަރިއެއް ބޮޑު ބަޖެޓަކާއެކު ކުޅުނު މި ފިލްމަށް ލިބެމުން ދިޔައީ ޙަފްތާއަކު 37.50 ވަރަކަށް ކްރޯޑް ރުޕީސްއެވެ. "ލާލް ސިންގ ޗައްދާ"އަށް ވެސް ޑޮމެސްޓިކް ބޮކްސް އޮފީހުގައި ލިބެމުން ދިޔައީ ޙަފްތާއަކު ގާތްގަނޑަކަށް 49 ކްރޯޑް ރުޕީސްއެވެ.
ރަންވީރް ޝޯރޭ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަލްމާން ޚާނާއި ކެޓްރީނާ ކެއިފްގެ "ޓައިގަރ 3"އިން އަންނަ އަހަރުއެވެ. މަނީޝް ޝަރްމާ ޑައިރެކްޓްކުރާ މިފިލްމުގެ ވިލަން ރޯލުން ފެނިގެންދާނީ އިމްރާން ހާޝްމީއެވެ.
