ޅ. ފެލިވަރު ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ މަަޝްރޫޢުގެ %51 މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި، އެމްޓީސީސީން ބުނެފި އެވެ.

މި މަސައްކަތުގެ އެންމެފަހުގެ މައުލޫމާތު ހާމަކުރަމުން އެމްޓީސީސީން ބުނީ އެއްގަމު ތޮށީގެ ކޮންކްރީޓް މަސައްކަތް ނިންމުމަށްފަހު، ރިވެޓްމެންޓް މަސައްކަތުގެ %93 ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި ސައިޓްގައި މިހާރު ކުރިޔަށްދަނީ ޝީޓް ޕައިލްކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 6 ހެކްޓަރުގެ ބިން ހިއްކައި، 229,663.36 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކޮށް، 220 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމަށް ވަނީ ނިންމާފަ އެވެ. އަދި 148 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 270 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

މިއީ 113.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.