ދިރާގުގެ އައު 'ސަޅި ކުއާރޓާލީ' އެޑް-އޮންއާއި އެކު ދިރާގު ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް 3 މަސްދުވަހުގެ ނިޔަލަށް 6ޖީބީ ޑެއިލީ ޑޭޓާ ލިބޭ އޮފަރ އެއް ތައާރަފް ކޮށްފި އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންގެ ދަށުން ކަސްޓަމަރުންނަށް މިހާރު އެންމެ 1100 ރުފިޔާއަށް ޖުމްލަ 540ޖީބީގެ ޑޭޓާ ލިބޭނެ ކަމަށެވެ. 

'ސަޅި ކުއާރޓާލީ' އެޑް-އޮން ސަޅި ޕްރީޕެއިޑް ކަސްޓަމަރުންނަށް ދިރާގު އެޕް މެދުވެރިކޮށް https://bit.ly/Dhiraagu-App ނުވަތަ 343 އަށް ‘S1GB90’ ޖަހާފައި އެސްއެމްއެސްއެއް ކޮށްލައިގެން ވެސް އެކްޓިވޭޓްކޮށްލެވޭނެ އެވެ.  

ސަޅި ޕްރީޕެއިޑް ޕްލޭނަކީ ކޮންމެ ދުވަހަކު ރިފްރެޝްކުރެވޭ ޑެއިލީ ޑޭޓާ އެލަވަންސްގެ އަދަދާއި ވެލިޑިޓީ އިޚްތިޔާރު ކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ޕްލޭނެކެވެ. އަދި މި ޕްލޭން ނަގައިގެން ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަމްބަރަކަށް ވެސް އަންލިމިޓެޑްކޮށް ހިލޭ ގުޅާލެވޭނެ އެވެ. 

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށެވެ.