ލ. ގަން ތުނޑީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތް ނިމުމަކާއި ގާތަށް ހިނގައްޖެ އެވެ.
މި މަސައްކަތްކުރާ އެމްޓީސީސީ އިން ބުނީ އެ މަސައްކަތުގެ 97 ޕަސެންޓް ނިމިފައިވާ ކަމަށާއި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ ވެސް 49 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 360 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލައި، 310 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލާނެ އެވެ. އަދި 2501 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހަދައި، ބްރިޖެއް ހެދުމާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ވަނީ ހިމަނާފަ އެވެ.
މި މަޝްރޫޢަކީ 33.4 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.
