ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ %60 ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ އެ މަޝްރޫޢުގައި ހިމެނޭ ހާބަރ ޕޭވްމެންޓް މަސައްކަތް ނިމި، އައު ހާބަރ ޕޭވްމެންޓް މަސައްއަތުގެ ވެސް %95 މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލައި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމަށް ވަނީ ނިންމާފަ އެވެ. އަދި 107 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވެސް ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖަހައި، ބަނދަރާއި ނެރު ފުންކޮށް ރޭމްޕެއް ހެދުމަށް ވެސް ނިންމާފައި ވެއެވެ. އަދި ވޯރކްވޭ ބްރިޖެއް ހަދައި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ވެސް ހިމެނެ އެވެ.

މި މަޝްރޫޢަކީ 36.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.