މަޝްހޫރު ދީނީ އިލްމު ވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގެންފި އެވެ.
އޭނާގެ މި ދަތުރުފުޅަކީ ސިލްސިލާ ދަރުސްތައް ދިނުމަށްޓަކައި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީގެ ދައުވަތަކަށް ކުރައްވާ ދަތުފުޅެކެވެ.
މުފްތީ މެންކް ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވީ އިސްލާމިކް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު ޢަަލީއާއި މިނިސްޓްރީގެ އިސްވެރިން ނެވެ.
އިސްލާމީ މަރުކަޒުގައި މާދަމާގެ ހުކުރު ނަމާދު، އިމާމު ކުރައްވާނީ ވެސް މުފްތީ އެވެ.
މިމަހުގެ 28 އިން 31 އަށް މުފްތީ މެންކް ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި މާލޭ ސިޓީ، ހުޅުމާލެ، ފުވައްމުލަށް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް ދެއްވާނެ އެވެ.
މުފްތީގެ މި ދަތުރުފުޅުގައި ދެއްވާ ފުރަތަމަ ދަރުސް އޮންނާނީ އަންނަ ހުކުރު ދުވަހުގެރޭ މާލޭ ސިޓީ ކާނިވާ ސަރަހައްދުގަ އެވެ. މި ދަރުސްގެ މައުޟޫއަކީ "ސްޓްރެސް، ޑިޕްރެޝަން އަދި އެންޒައިޓީ" އެވެ. އަދި 29 ވަނަ ދުވަހު ފުވައްމުލަކުގައި ދަރުސް ދެއްވާނީ ފުވައްމުލަކު ސިޓީގެ ސްޓޭޑިއަމްގަ އެވެ. މައުޟޫއަކީ އިސްލާމްކަމާއި އޯގާތެރިކަމެވެ.
އައްޑޫ ސިޓިގައި މި މަހުގެ 30 ވަނަ ދުވަހު ދެއްވާ ދަރުސް އޮންނާނީ އައްޑޫ ސިޓީގެ ސިޓީ ސްކުއަރ ގައި އޮންނައިރު، މައުޟޫއަކީ "ޕްރޮޑަކްޓިވް މުސްލިމް" ނުވަތަ ހަރުދަނާ މުސްލިމެވެ.
ހުޅުމާލޭގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 31 ވަނަ ދުވަހު ރެ އެވެ. މި ދަރުސް އޮންނާނީ ހުޅުމާލެ ސިންތެޓިކް ޓްރެކުގަ އެވެ.
