އިނގިރޭސި ވިލާތުގެ މަޝްހޫރު މޮޑެލް ޑެމީރޯސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. އިންސްޓަގްރާމްގައި ނުފޫޒްގަދަ މޮޑެލް ވަނީ ރާއްޖޭގެ ލަގްޒަރީ ރިޒޯރޓެއް ކަމަށްވާ ހެރިޓެންސް އާރަށުގައި އޭނާ ޗުއްޓީ ހޭދަކުރަމުންދިޔަ ބައެއް މަންޒަރުތަކާއި ވީޑިއޯތައް އިންސްޓަގްރާމް މެދުވެރިކޮށް އޭނާގެ ފޮލޯވަރުންނާއި ޙިއްސާކޮށްފައެވެ. ޑެމީރޯސްގެ މިދަތުރުގައި އޭނާއާއެކު އެމެރިކާގެ މަޝްހޫރު މޮޑެލްއެއް ކަމުގައިވާ އަނާ ޝެރީއާއި އެކު ނެޓްފްލިކްސްގެ ޑައިރެކްޓަރ ލިން އޮއެޑިންގ ވެސް ބައިވެރިވެއެވެ.

އިންސްޓަރގްރާމް އެކައުންޓްގައި ޖުމްލަ 14.8 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިބި އުމުރުން 25 އަހަރުގެ ޒުވާން މޮޑެލް ޑެމީރޯސް އާއި، ޢަނާ ޝެރީ ފަދަ ދުނިޔޭގެ މަޝްހޫރު މޮޑެލުން ރާއްޖެ އައިސްފައިވަނީ ރިސޯޓު ލައިފް ޓްރެވަލް އާއި ސަޕްލައި މޯލްޑިވެސް އަދި އެމެރިކާގެ ލައިވްރިޗް މީޑިއާއި ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ޕްރޮޖެކްޓެއް ކަމުގައިވާ ޕްރޮޖެކްޓް ފޯމޯގެ ހާއްސަ ކެމްޕެއިން ހަރަކާތުގެ ދަށުންނެވެ. މިޕްރޮޖެކްޓަކީ އެމްއެމްޕީއާރުސީގެ އެންޑޯޒްމަންޓެއްގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން ދިވެހިރާއްޖެއަށް ގާތް ގަނޑަކަށް 30 އަކަށް ވުރެ ގިނަ ޝޯޝަލް މީޑިއާ އިންފްލުއެންސަރސް ޒިޔާރަތްކޮށްފައިވެއެވެ. މިއީ ރާއްޖޭގައި ޝޯޝަލް މީޑިއާ އިންފްލުއެންސަރުން ބޭނުން ކޮށްގެން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓު ކުރުމަށް ކުރިއަށް ގެންދާ ފުރަތަމަ ޕްރޮޖެކްޓެވެ. ޑެމީރޯސް އޭނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފައިވާ ރާއްޖޭގެ ހިތްގައިމު މަންޒަރުތަކާއި ވީޑިއޯތަކުގެ ޙަބަރުތައް ވަނީ އިނގިރޭސި ވިލާތުގެ ބައެއް މީޑިޔާތަކުގެ އިތުރަށް ދުނިޔޭގެ އެކިއެކި މީޑިއާތަކުގެ ފަލަ ސުރުޙީއަށްވެސް އަރާފައެވެ.  

ކުޑަ އިރުންސުރެ މޮޑެލް ކުރުމަށް ޝައުގުވެރިކަން ހުންނަ ޑެމީރޯސް ވަނީ 2014 ވަނަ ޔޫކޭގެ މޮސްޓް ޕްރޮމިސިންގް ގަރލްގެ މަގާމުވެސް ހާސިލްކޮށްފެއެވެ.