ބޮލީވުޑްގެ ޒުވާން ދެ ތަރިން ކަމަށްވާ ސިދާތު މަލްހޯތުރާއާއި ކިއާރާ އަދުވާނީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރޭތާ ދުވަސްތަކެއް ވެއްޖެއެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ކިއާރަގެ ވެސް އަދި ސިދާތުގެ ވެސް ސީދާ ބަހެއް ނުލިބެއެވެ. 

ނަމަވެސް މިހާރު މި ދެ ތަރިން އަންނަނީ ކައިވެނި ކުރަން ތައްޔާރުވަމުން ކަމަށާއި ކައިވެނި އޮންނާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ބޮލީވުޑް ހަންގާމާއިން ބުނެފިއެވެ. ބޮލީވުޑް ހަންގާމާއިން ބުނެފައިވަނީ "ތޭންކް ގޯޑް"ގެ އެކްޓަރު ސިދާތު މިހާރު ކައިވެންޏަށް ތައްވާރުވަމުންދާ ކަމަށާއި މި ދެ ތަރިންނަކީ އެއްވެސް ކަމެއްގައި މާ އަވަސް އަރުވާލައިގެން އުޅޭ ދެ ތަރިން ނޫން ކަމަށާއި ރަސްމީކޮށް އެކަން އިޢުލާން ނުކުރަން އެތިބީ އަދި ވަޤުތު އޮތީމަ ކަމަށެވެ. އަދި ފުރިހަމަޔަށް ތައްޔާރުވުމަށްފަހު ފޭނުންނަށް އެކަން ޙިއްސާކުރާނެއެވެ. 

Sidharth Malhotra and Kiara Advani to romance each other in another film  after Shershaah? | PINKVILLA
ސިދާތު މަލްހޯތުރާއާއި ކިއާރާ އަދުވާނީ

ދާދި ފަހުން މި ދެ ތަރިން ގުޅުން ކަނޑާލި ކަމަށް ބުނެ ވެސް ވަނީ ޚަބަރު ފެތުރިފައެވެ. ނަމަވެސް ފެންނަ މަންޒަރުތަކުން އެއީ ދޮގު ޚަބަރެއް ކަން ޔަޤީންވެއެވެ. ސަލްމާން ޚާން ހޯސްޓްކުރާ "ބިގް ބޮސް"ގެ 16 ވަނަ ސީޒަނުގައި މިފަހުން ސަލްމާން ވަނީ މި ދެ ތަރިންނަށް "ޝާދީ މުބާރަކް" ކިޔައި، ތަހުނިޔާ ކިޔައިފައެވެ. ސީދާ ސީދާ ކިއާރާގެ ވެސް އަދި ސިދާތުގެ ވެސް ބަހެއް ނުލިބުނަސް މިފަދަ އެތައް ކަމެއް މިކަމަށް ހެކިދެއެވެ. 

ސިދާތު އެންމެ ފަހުން ފެނިގެންދިޔައީ އަޖޭ ދޭވްގަންގެ "ތޭންކް ގޯޑް"އިންނެވެ. އަދި ކިއާރާ އެންމެ ފަހުން ފެނުނީ ވަރަށް މަޤްބޫލްވެގެން ދިޔަ ފިލްމެއް ކަމަށްވާ "ޖަގް ޖަގް ޖީޔޯ"އިންނެވެ.