ހދ. ކުޅުދުއްފުށީ ރީޖަނަލް ޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ވޯރކްޝޮޕް އިމާރާތް ކުރުމާއި ގަރާޖު އިމާރާތް ކުރުމުގެ މަސައްކަތް 30 އޮކްޓޯބަރ 2022 ވަނަ ދުވަހު ފެށިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފި އެވެ.

އެމްޓީސީސީ އިން ބުނީ މިހާރު ކުރިއަށްދަނީ ސައިޓް ކްލިއަރ ކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، އިމާރާތް ކުރެވޭ ވޯރކްޝޮޕާއި ވެހިކަލް ގަރާޖުގެ ޕްލޮޓް އޭރިއާއަކީ 1461 އަކަ މީޓަރު ކަމަށާއި ބިލްޑް އަޕް އޭރިއާއަކީ 1122 އަކަ މީޓަރު ކަމަށެވެ. ކުޅުދުއްފުށީ ޕޯރޓް ލިމިޓެޑްގެ ފަަރާތުން އެ ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަގަކީ 26.07 މިލިއަން ރުފިޔާ އެވެ.