ރާއްޖޭގައި ކުރިއަރަމުން އަންނަ ޓްރެވެލް އެޖެންސީއެއް ކަމަށްވާ ރިސޯޓްލައިފް ޓްރެވެލްއިން ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ވަރަށްބޮޑަށް މަސައްކަތް ކުރަމުން އެބަދެއެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ކުރިމަތިވެފައިވާ އަޑިގަނޑުން އަރައިގަތުމަށްޓަކައި ރާއްޖެ އިތުރަށް އިސްތިހާރުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ކެމްޕެއިން "ޕްރޮޖެކްޓް ފޯމޯ"ގެ ދަށުން ރާއްޖެއިން ބޭރުގެ ނުފޫޒްގަދަ މަޝްހޫރު ތަރިން ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވެއެވެ.

ލޮސްއެންޖަލްސްގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ރިޗްލައިފް މީޑިޔާ އެލް.އެލް.ސީ" އާއި "ސަޕްލައި މޯލްޑިވްސް" އާއި ގުޅިގެން ރިޒޯޓްލައިފް ޓްރެވެލްސްއިން ކުރިޔަށް ގެންދާ މިޕްރޮޖެކްޓްގެ މައިގަނޑު މަޤްސަދަކީ ގިނަ ފަރާތްތަކަކަށް ރާއްޖޭގެ ހިތްގައިމު ރީތިކަން އިސްތިހާރުކޮށް ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލަން އެންމެ ރަނގަޅު އެއް މަންޒިލްކަމުގައި ދެއްކުމެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށް އައިސްފައިވާ އަޑިގަނޑުން ރާއްޖެ ސަލާމަތްކުރުމެވެ. އެގޮތުން މިޕްރޮޖެކްޓްގެ ދަށުން މިހާތަނަށް ރާއްޖެއިން ބޭރުގެ މަޝްހޫރު 30 ފަންނާނުން ރާއްޖެ ޒިޔާރަތްކޮށްފައިވެއެވެ. މީގެ ތެރޭގައި އެމެރިކާގެ މަޝްހޫރު އިންސްޓަގްރާމް މޮޑެލްސް ކަމަށްވާ އަނާޝެރީ އާއި ޑެމީރޯސް އަދި ނެޓްފްލިކްސްގެ ޑިރެކްޓަރ ލިން އޮއެޑިންގ ފަދަ ތަރިން ހިމެނެއެވެ. ރިޒޯޓްލައިފް ޓްރެވެލްގެ ޗީފް މާރކެޓިންގ އޮފިސަރ ރާއިދް ޝާޒް ވަލީދު ވިދާޅުވި ގޮތުގައި މިޕްރޮޖެކްޓްގެ މަޤްސަދު ވަރަށް ބޮޑަށް ހާސިލްވަމުން އެބަދެއެވެ. އެގޮތުން ރާއްޖޭގެ ގިނަ ރިސޯޓްތަކެއް މިހާރު ވަނީ މިއަންނަ އަހަރާއި ހަމައަށް ފުލީ އޮކިއުޕައިވެ ގިނަ އަދަދެއްގެ މަޝްހޫރު ތަރިންނާއި މިލިޔަނަރުން ރާއްޖެ ޒިޔާރަތްކުރުމަށް ރާވަފައިވާ ކަމަށެވެ. އަދި އެބޭފުޅުންގެ ޕްލޭންއަކީ ރާއްޖޭގެ ހިތްގައިމު ރީތިކަމާއި، ރާއްޖޭގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅި ދައްކުވައިދޭ ނެޓްފްލިކްސް ފިލްމެއް ނުވަތަ ސީރީޒްއެއް އުފެއްދުމެވެ.

ޝާޒް އިތުއަށް ވިދާޅުވީ މިޕްރޮޖެކްޓަކީ މިހާތަނަށް އެ އެޖެންސީއިން ކުރިޔަށް ގެންދާ އެންމެ ބިޔަ އެއް ޕްރޮޖެކްޓްކަމަށާއި މިޕްރޮޖެކްޓަށް ގާތްގަނޑަކަށް 10-6 މިލިޔަން ޑޮލަރު ޙަރަދުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ޝާޒް ފާހަގަކުރެއްވި ގޮތުގައި މިޕްރޮޖެކްޓަށް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ރާއްޖޭގެ ބައެއް ރިޒޯޓްތަކުން އެންމެ އެދެވޭ ގޮތެއްގައި އެއްބާރުލުން ނުދޭތީކަމުގައެވެ. ނަމަވެސް މިކަމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވެދެއްވާ އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކޮށްފައިވެއެވެ. ރިޒޯޓްލައިފްއިން އިން ބުނެފައިވަނީ މިހާތަނަށް "ޕްރޮޖެކްޓް ފޯމޯ"ގެ ދަށުން ރާއްޖެ ޒިޔާރަތްކުރި ފަރާތްތަކުން ރާއްޖެއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައިވާ ކަމަށާއި މިއީ ދުނިޔެމަތީގައިއޮތް އެންމެ ރީތި އަދި އެންމެ ހިތްގައިމު މަންޒިލްކަމަށް ގިނަ ތަރިން ފާހަގަކޮށްފައިވާ ކަމަށެވެ.

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް (އެމެ.އެމް.ޕީ.އާރް.ސީ)އިން އެންޑޯސްކޮށްފައިވާ މިޕްރޮޖެކްޓްގެ އެންމެ ބޮޑު އެއް އަމާޒަކީ ދުނިޔޭގެ އާބާދީގެ 500 މިލިޔަނާއި 1 ބިލިޔަން މީހުންނާއި ހަމަޔަށް ރާއްޖޭގެ ޕްރޮމޯޓްކުރުމެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ބައިގަރުނަށްވުރެ ގިނަ ދުވަސްވެފައިވާ ތަޖްރިބާހުރި ރިސޯޓްލައިފް ޓްރެވެލްއިން އަބަދުވެސް ދަނީ ރާއްޖެ އިސްތިހާރުކުރުމުގެ ގޮތުން އެކިއެކި ހަރަކާތްތައް ރާވާ ހިންގަމުންނެވެ. އަދި އެކުންފުނިންވަނީ ރަޝިޔާ އަދި ޔޫކްރެއިން ފަދަ ޤައުމުތަކުން 14 އަށްވުރެ ޗާޓަޑް ފްލައިޓްތައް ކޮންފާރމްކޮށްފައެވެ. އަދި މިފްލައިޓްތަކުން އެކަނިވެސް ރާއްޖޭގެ ރިސޯޓްތަކުގެ 20000 އަށްވުރެ ގިނަ ކޮޓަރި ބުކްކޮށްފައިވާ ކަމަށެވެ.