އިންޑިއާގެ ފުރަތަމަ "އެއަރިއަލް އެކްޝަން" ފިލްމު ނުވަތަ ވައިގެ މަގުން ހަނގުރާމަކުރާ މަންޒަރު ދައްކުވައިދޭ ފުރަތަމަ ފިލްމު "ފައިޓަރ" ރިލީޒްކުރާ ތާރީޚް އަނެއްކާވެސް ލަސްވެއްޖެއެވެ. އިންޑިއަން އެއަރފޯސް ޕައިލެޓުންގެ ގޮތުގައި ރިިތިކް ރޯޝަނާއި ދީޕިކާ ޕަދުކޯން ފެނިގެންދާ މި ފިލްމު ރިލީޒްކުރަން މިހާރު ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުއެވެ.
"ފައިޓަރ" އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ 2023ގެ ޖަނަވަރީގައެވެ. ނަމަވެސް ކޮންމެވެސް ސަބަބަކާ ހުރެ އެއަހަރުގެ ސެޕްޓެމްބަރަށް ވެސް ފަސްކުރިއެވެ. އޭގެ ފަހުން އަނެއްކާވެސް މިވަނީ 2024ގެ ޖަނަވަރީއަށް ފަސްކޮށްފައެވެ. އެއީ އިންޑިއާގެ 75 ވަނަ ޤައުމީ ދުވަހާ ދިމާކޮށެވެ. ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވެސް ވަނީ އައު ޕޯސްޓަރަކާއެކު ސޯޝަލް މީޑިއާގައި މިކަން އިޢުލާންކޮށްފައެވެ.
Excited to announce that India’s first aerial action film #Fighter will release in theaters on 25th January 2024 as we celebrate India’s 75th Republic Day. pic.twitter.com/TsC3fv7QrS
— Viacom18 Studios (@Viacom18Studios) October 28, 2022
ސިދާތު އާނަންދު ޑައިރެކްޓްކޮށް ގެނެސްދޭ މި ފިލްމުގައި ދީޕިކާއާއި ރިތިކްގެ އިތުރުން އަނިލް ކަޕޫރު ވެސް ފެނިގެންދާނެއެވެ. އަދި ހަމަ އެހެންމެ މި ފިލްމަކީ ރިތިކާއި ދީޕިކާ އެކީގައި ފެންނަ ފުރަތަމަ ފިލްމު ކަން ވެސް ފާހަގަކޮށްލެވެއެވެ.
25th January 2024- see you at the theatres! #Fighter pic.twitter.com/ywdLeTmwnI
— Hrithik Roshan (@iHrithik) October 28, 2022
ރިތިކް އެންމެ ފަހުން ފެނިގެންދިޔައީ "ވިކްރަމް ވޭދާ"އިން ސައިފް ޢަލީ ޚާނާއެކުގައެވެ.
