ދިރާގާއި ޔޫއެންޑީޕީ ގުޅިގެން އައްޑޫ ސިޓީ ކައުންސިލަށް ޑްރޯން ހަދިޔާކޮށްފި އެވެ.
މިއީ ކުރިއަރަމުން އަންނަ ޑްރޯން ޓެކްނޯލޮޖީ އާއި އަރޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ރަށްރަށުގެ ގުދުރަތީ މާޙައުލުގެ މަޢުލޫމާތު އެއްކުރުމަށް "ޑްރޯން ފޯރ ރެސިލިއަންސް" ޕްރޮގްރާމްގެ ދަށުން ވެދިން އެހީ އެކެވެ.
މި ޕްރޮގްރާމުގެ އެންމެ ބޮޑު މަޤުޞަދަކީ ގުދުރަތީގޮތުން ރަށްތަކަށް އަންނަ ބަދަލުތަކުގެ މަޢުލޫމާތު އެއްކުރުމާއި، ކާރިސާތަކުގެ ވަގުތުގައި އެހީތެރިކަން ހޯދުމަށް ފަސޭހަކުރުމެވެ.
ޑްރޯން ބޭނުންކުރުމާއި، ޑްރޯން ބޭނުންކޮށްގެން މަޢުލޫމާތާއި ޑޭޓާ އެއްކުރެވޭނެ ގޮތްތަކަށް ތަމްރީން ދިނުމަށް ތަމްރީން ޕްރޮގްރާމެއް ހިންގާފައިވާއިރު، މި ޕްރޮގްރާމްގައި 30 މީހުން ތަމްރީންކޮށްފައި ވެއެވެ.
މީގެތެރޭގައި ދިވެހި ރެޑްކްރަސަންޓް، އައްޑޫ ސިޓީ ކައުންސިލްގެ ސްޓާފުން އަދި ވޮލަންޓިއަރުން ހިމެނެ އެވެ. މިޕްރޮގްރާމްގައ އައްޑޫ ސިޓީ ކައުންސިލާ ވަނީ 3 ޑްރޯން ހަވާލުކޮށްފަ އެވެ.
މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެންވަޔަރަމަންމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ މިނިސްޓަރ، އާމިނަތު ޝައުނާ އެވެ.
